Advertisement
header ad
XeeTimesXeeTimes
އެލީޓް މެޑިކަލް ސެންޓަރ: އަމާޒަކީ އެންމެ ހިދުމަތް ރަނގަޅު ކްލިނިކަށް ހެދުން ސިއްޙަތު

އެލީޓް މެޑިކަލް ސެންޓަރ: އަމާޒަކީ އެންމެ ހިދުމަތް ރަނގަޅު ކްލިނިކަށް ހެދުން

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގެ ބާރުބޮޑު މާހައުލަށްވުރެ ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް ގިނަބަޔަކު ހިޔާރުކުރަނީ އަމިއްލަ ކްލިނިކްތަކެވެ. މާލޭގައި ގާއިމްކޮށްފައިވާ ގިނަ އަމިއްލަ ކްލިނިކްތަކަކީ އާސަންދައިގެ ހިދުމަތާއި އެކު ގިނައިރު ކިއުގައި މަޑުކުރަން ނުޖެހި ޑޮކްޓަރަށް ދައްކާލެވޭ ތަންތަނެވެ. ގ. ރަތްވިލާ ގޯޅީގައި ހުންނަ އެލީޓް މެޑިކަލް ސެންޓަރަކީވެސް މިފަދަ ކްލިނިކެކެވެ. އެލީޓް މެޑިކަލް ސެންޓަރުން އަމާޒު ހިފާފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެ ހިންދެމިލެވޭ ހިސާބުން ރާއްޖޭގެ އެއްވަނަ ނަމްބަރު ކްލިނިކަށް ހެދުމަށެވެ. 
އެލީޑް މެޑިކަލް ސެންޓަރުގެ ސީއޯއޯ އަހުމަދު ސައުދީ ވިދާޅުވީ އެ ކްލިނިކްގެ ހިދުމަތްތައް އިންތިޒާމް ކުރެވިފައިވާނީ ބަލިމީހުންނަށް ގިނައިރު މަޑުކުރަން ނުޖެހި ފަސޭހަކަމާއި އެކު ހިދުމަތް ލިބޭ ކްލިނިކެއްގެ ގޮތުގައި ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން އެލީޓް މެޑިކަލް ސެންޓަރުން މިސްރާބު ޖަހާފައިވާ އަމާޒަށް ވާސިލް ނުވެވުނު ނަމަވެސް މިހާރުވެސް އެ ކްލިނިކުން ތަޖްރިބާކާރު ސީނިއާ ޑޮކްޓަރުން ހިދުމަތް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިހާރު ލިބޭ ހިދުމަތްކުގެ ތެރޭގައި އޯޕީޑީ އާއި ލެބޯޓްރީގެ ހިދުމަތް ހިމެނެއެވެ. އަދި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި، ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރުން އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންވެސް އެލީޓް މެޑިކަލް ސެންޓަރުގައި ފަރުވާ ދެއްވައެވެ.  އެ ކްލިނިކަކީ ބިދޭސީންގެ ވޯކްޕާމިޓް ހެދުމާއި މެޑިކަލް ހަދައިދިނުމުގައި ހާއްސަ މަގްބޫލުކަމެއް ހޯދާފައިވާ ކްލިނިކެކެވެ. ގިނަ އަދަދެއްގެ ބިދޭސީން އެ ހިދުމަތް ހޯދާއިރު އެކަމަށް ހާއްސަ ވަސީލަތްތައްވެސް އެ ކްލިނިކުގައި ގާއިމުކޮށްފައިވެއެވެ.  އެލީޓް މެޑިކަލް ސެންޓަރުގެ ސީއޯއޯ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެ ކްލިނިކުން ރާވާފައިވާ ގޮތަށް ހިދުމަތް ފުޅާކުރުމުގައި ދަތިތަކާއި ދިމާވެފައިވާ ކަމަށާއި، އެހެންނަމަވެސް މި ހާލަތު ބަދަލުވުމުން އަނެއްކާވެސް އެމަސައްކަތް ބާރަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.  "އަޅުގަނޑުމެންގެ ވިޝަން އެއް އެއީ ރާއްޖޭގައި އުނދަގުލުން ސިއްހީ ފަރުވާ ލިބޭ ދާއިރާތައް ފާހަގަ ކުރުމަށްފަހު އެ ކަންކަމަށް ހާއްސަ ޑޮކްޓަރުން ރާއްޖޭން ބޭރުން ގެނެސްގެން ރައްޔިތުންނަށް އިތުރު ތަކްލީފަކާ ނުލާ ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން. އަދި ޕްރައިވެޓް ސެކްޓާރއަކުން ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިދުމަތްދޭ ތަނަކަށް މިތަން ހެދުން. އަގުހެޔޮކޮށް އެންމެ އިތުބާރާއިއެކު ގިނަވަގުތު ނުނަގާ ހިތްހަމަ ޖެހޭ މާހައުލެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުން" މިއީ އެލީޓް މެޑިކަލް ސެންޓަރ އިން ހާސިލް ކުރަން ބޭނުންވާ މުހިންމު ކަންތައްތަކެވެ. 

ސީއޯއޯ ވިދާޅުވީ އެ ކްލިނިކުން ހިދުމަތް ފުޅާކުރަން ވިސްނާއިރު ދަތުގެ ފަރުވާ އާއި އީއެންޓީ އާއި ޕިޒިއޮތެރަޕީގެ ހިދުމަތާއި، އެކްސްރޭ ނަގައިދުނުން ފަދަ ހިދުމަތްތައް ފުޅާކުރުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދަން އުނދަގޫވާ ބަލި މީހުންގެ ގޭގެއަށް ޒިޔާރަތްކޮށްގެން ބަލިމީހުން ބެލުމުގެ ހިދުމަތް އެލީޓް މެޑިކަލް ސެންޓަރުން ތައާރަފް ކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ. 
ރާއްޖެއާއި ރާއްޖޭން ބޭރުން ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ގެނައުމަކީ ވަރަށްބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި، އެލީޓް ކްލިނިކް ހިންގަން ފެށިތަނާހެން ކޮވިޑްގެ ހާލަތު ދިމާވުމުގެ ސަބަބުން ބައިވަރު ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށް ސައުދީ ވިދާޅުވިއެވެ. އެހެންނަމަވެސް ސީނިއާ މެނޭޖްމެންޓްގެ އަމާޒަކީ ރާއްޖޭގެ 'ނަމްބަރު ވަން' ކްލިނިކަށް އެލީޓް މެޑިކަލް ސެންޓަރ ހެދުމެވެ. 

 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —