October 6, 2024 11:41
Advertisement

-Advertisement-

ރަސްމާލެ: އެތައްބައެއްގެ އުންމީދާއި ގުޅިފައިވާ ބޯހިޔާވަހިކަމުގެ ހައްލު ގެނެސްދޭނެ މަޝްރޫޢެއް

ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބުމަކީ އެތައްބައެއްގެ ޝަކުވާއެކެވެ. މިމައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިފްތިތާހް ކޮށްދެއްވީ މިއަދު ހަވީރު އެވެ. ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.

ޤައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި މި ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މުޅިރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ފުރުޞަތުތައް ހުޅުވާލައްވައި މަސައްކަތް ކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްޤީކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެއެވެ.

Advertisement

ގުޅީފަޅުގައި ފަށައިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ. މިހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެކެވެ. މީގެ އިތުރުން ރާވާފައިވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުޞަތު ލިބޭނެގޮތަށެވެ.

ރަސްމާލެ ތަރައްގީކުރާނީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައެވެ. "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް." އެމަނިކުފާނު ވިދާޅުވިއެވެ. ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ހެދުމަށް ވަނީ ނިންމަވާފައެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 'އާބަންކޯ' އިންނެވެ. މިއީ މިފަދަ ތަޖުރިބާހުރި ތަޢުލީމީ ޤާބިލު ޓީމެއް އޮތް ކުންފުންޏެއް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒުލް ރަޝީދު ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. 

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް