May 13, 2024 10:51
Advertisement

-Advertisement-

ޝަހުސިއްޔަތެއް ބިނާކުރުމުގައި ވަގުތައް ކަމޭހިތުމުގެ މުހިއްމުކަން!

ކޮންމެ ކަމެއްވެސް ހާސިލުކުރުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެކަމެއްގެ ވަގުތުގައި އެކަންކުރުން ކަމަށް ގިނަ ތަޖުރިބާ ކާރުން އެއްބަސްވެއެވެ. އެހެނީ މާތް ވެގެންވާ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދިން އެންމެ މުހިއްމު ދަރުހަކީ ވަގުތު ބޭކާރު ނުކުރުމެވެ. އިސްލާމީ ރިވެތި އުސޫލަކީ ކޮންމެ ކަމެއްވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ކުރުމެވެ. ކާމިޔާބީ ހާސިލުވުން އޮތީ އިސްލާމީ ރިވެތި އުސޫލުތަކަށް ތަބާވެގެންނެވެ. ތިމާގެ ނަފްސު ރަނގަޅު މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަކީ ވަރަށް ވެސް ބޮޑު ޖިހާދެކެވެ. އެހެނީ އިންސާނާގެ ނަފްސަކީ އޭގެ ތަބީއަތް ބަދަލުވުން އަވަސް މަޚްލޫޤެކެވެ. ވަގުތަށް ކަމޭހިތުމުގެ ސަބަބުން ތިމާގެ ގަދަރު އުފުލިގެން ދެއެވެ. ތިމާއާއި ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލު ކުރުވައެވެ. ތިމާގެ ޝަހުސިއްޔަތު އަނެކާ އަށް ރީތި ތަސްވީރެއްހެން ފެންނަން ހުރެއެވެ.

މީހުންގެ ތެރޭގައި ތިމާގެ އަގު އުފުލޭނީ ތިމާގެ ގައިގާ ހުންނަ ސިފަތައް އެހެން މީހުންނަށް ކަމުދާނަމެއެވެ. މިކަން ހާސިލު ކުރެވޭނީ ރިވެތި ސިފަތަކާއި އުސޫލުތައް ތިމާގެ ގައިގާ އަށަގެންނުވިގެންނެވެ. އެހެންކަމުން ވަގުތަށް ކަމޭހިތައި ނަފްސު އެކަމަށް ހޭނުމަކީ ތިމާގެ ޝަޚުސިއްޔަތު ބިނާކުރުމުގައި އިސްދައުރެއް އަދާކުރާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސަކަތްތަކަކީ އެއްވެސް ސިއްރެއްނެތި ކޮންމެ މީހަކަށްވެސް އެނގިފާޅުވެފައިވާ ކަންކަމެވެ. މިގޮތުން ފަރުޟު ކުރެވިފައިވާ ނަމާދުތައް އެކަމުގެ އެންމެ ފައިދާ ކުރަނިވި ވަގުތުގައި އަދާކުރުމަކީ ތިމާގެ ޝަހުސިއްޔަތު ބިނާ ކުރުމުގައި ކޮށާލެވޭ ސީދާ ރާސްތާ އެއްކަމުގައިވާނެއެވެ. އަދިހަމަ އެހެންމެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ކަންކަން ވެސް އެމުނި އެތުރިގެންދާ ޗޭނެއްފަދައިން ކަމަކަށް ފަހުކަމެއް ކުރަމުން ގެންދާނަމަ ޗޭނުގެ ބޮޅުފަތީގެ ބަދަހިކަން ތިމާގެ މަސައްކަތުގެ ލިސްޓުންވެސް ފެންނާނެއެވެ. އެއްކަމަކަށްފަހު އަނެއްކަމެއް ވަގުތުފާއިތު ނުވަނީސް ކުރެވިގެންދާކަން ފެނިގެންދާނެއެވެ. ވަގުތުގެ މުހިއްމުކަމާއި މެދު ވިސްނާމީހަކަށް ދަސްވެގެންދާނެ އެންމެ ބޮޑު ހަޤީޤަތަކީ ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗަށް ލިބިފައިވަނީ ސައުވީސް ގަޑިއިރެވެ. ގިނަ މަސައްކަތެއް ކުރަން ހުރިނަމަވެސް ދުވާލަކަށް ޤުދުރަތުގެ މަތިވެރި ނިޔާއިން ކަނޑައެޅިފައިވި ވަގުތައް ބަދަލު ގެނެއުމަކީ ކުރެވިދާނެ ކަމެއްނޫނެވެ.

ކޮންމެ ކަމެއްވެސް ކުރުމުގެ ކުރީން އެކަން ފަށާނެ ގަޑިޔާއި ނިންމާނެ ގަޑި ކަނޑައަޅާށެވެ. ފެށުމަށް ކަނޑައެޅިގަޑިޔަށް ފަށާ އަދި ނިންމަން ކަނޑައެޅި ގަޑިޔަށް ނިންމަން އިސްކަމެއްދޭށެވެ. ނަފްސު މިކަމަށް ހާނާ ހޭހަން ކުރާށެވެ. ކޮންމެ ދުވަހަކުވެސް ކުރާނެ ކަންކަމުގެ ލިސްޓެއް ގެންގުޅޭށެވެ. ލިސްޓުގައި ހިމެނުނު ކަންކަން ނިންމާލުމަށް ނަފްސަށް ބާރުލިބޭނެހެން ދުވަހުގެ ތާވަލް ތަރުތީބު ކޮށްލާށެވެ. ވަޒީފާގެ މާހައުލުގެ ކަންކަން ވެސް މި އުސޫލުން ކުރަމުން ގެންދާށެވެ. ތިމާގެ ވަގުތުގެ މުހިއްމުކަން އަބަދުވެސް ނަފްސަށް ދަސްވާނެހެން ކަންކަން ތަރުތީބު ކުރާށެވެ. ފަހަށް އެއްވެސް ކަމެއް ކުރުމަށް ތިމާގެ ނަފްސަށް ބާރު ނާޅާށެވެ. ގިނަފަހަރު ކަންކަން ފަހަށް ބެހެއްޓުމުން ލިބޭގެއްލުން ވަރަށްވެސް ބޮޑުވެދާނެއެވެ. ނަމަވެސް ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ވަގުތަށް ކަނޑައެޅިފައިވާ މަސައްކަތާއިގެން މީހަކަށް ބެލުމެއްނެތި އޭގެ ޒިންމާ އަދާކުރުމުގައި އަވަދިނެތި ވަގުތު ހިނގަ ހިނގާ ހުރެއެވެ. އަހަރެމެން ޝަހުސިއްޔަތު ބައްޓަން ކުރުމަށްޓަކައި ވަގުތުގެ ފަހަތުން ދުވެގޮސް ކާމިޔާބީތައް ހާސިލު ކުރުމަކީ އަހަރެމެންގެ ޒިންމާ އެކެވެ. ފަހަރެއްގައިވެސް ވަގުތު އަހަރެމެންނަކަން ނުގޮވާނެއެވެ.

Advertisement

އިންސާނުންގެ ދިރިއުޅުމަށް ގެނުވި އެތަކެއް ބަދަލުތަކެއް ވަގުތު ބޭކާރު ކުރުމަށް މަޖުބޫރު ކުރުވި އެވެ. ސްމާރޓް ފޯނާއި، ތަފާތު ޓީވީ ޕްރޮގްރާމްތަކަކީ މިކަމުގެ ހެއްކެކެވެ. ނަމަވެސް މިކަންކަމަކީ ތިމާ އަމިއްލައަށް އެކަމުން ދުރުވާން ބޭނުންނަމަ ދުރުވެވިދާނެ ކަންކަމެވެ. ނަމަވެސް މިޒަމާނުގައި އަހަރެމެންނަށް ފޯނާއި ނުލާ ދިރިއުޅުން ފަސޭހަކުރުމަކީ ނާދިރު ކަމެކެވެ. ފޯނަކީ އެތަކެއް ވަގުތެއް ކުރުކޮށްލަދޭ ވަސީލަތެކެވެ. ނަމަވެސް ބޭކާރު ގޮތުގައި ފޯނު ބޭނުން ކުރުމުން ތިމާގެ އަގުހުރި ވަގުތުތައް އަތުނުލެވޭހާ ދުރަށްގޮސް އޮބާލައެވެ. މިކަމުން ފަހުން ކުރަންޖެހޭ ހިތާމަ ވަރަށްވެސް ބޮޑެވެ. ތިމާގެ އަމިއްލަ ނަފުސަށްޓަކައި މިފަދަ ކަންކަމުން ދުރުވެގެން ނޫނީ ފުރިހަމަ ޝަހުސިއްޔަތަކަށް ނުވެވޭނެއެވެ. މާއްދީ ތަކެތި ފަދައިން ފެންނަން ނެތަސް ވަގުތަކީ ވަރަށް މުހިއްމު އެއްޗެކެވެ. ވަގުތަކީ ދިރިއުޅުމުގެ ހަޔާތެވެ. ވީމާ ދިރިއުޅުން އާރާސްތު ކުރަން ބޭނުންވާ ހުރިހާކަމަކާއި ވަގުތު ވަނީ ގުޅިފައެވެ. ކަމެއް ހާސިލު ކުރަން ބޭނުންވިޔަސް، ލާމަސީލު ޝަހުސިއްޔަތެއް ކަމުގައި ތިމާ ވާން ބޭނުންނަމަވެސް ވަގުތުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ.

ތިމާގެ ދިރިއުޅުމުގެ ހަޔާތް ތާޒާކޮށް ޤައުމާއި މުޖުތަމައަށް ބޭނުންހިފޭ ޖަމާއަތުގައި ދިރިއުޅޭމީހުން ބަލައިގަންނަ މީހެއް ކަމުގައި ތިމާ ވާނީ ލިބިފައިވި މުހިންމު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. ދިރިއުޅެން ލިބިފައިވި މަދު ދުވަސްކޮޅުގެ ބޭނުން އެދެވޭގޮތުގައި ހޭދަކޮށް ރަނގަޅު ޝަހުސިއްޔަތެއްކަމުގައި ތިމާ ވުމަށް މަސަކަތް ކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް އަޒުމަކަށް ވާންވާނެއެވެ. އެހެނީ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރޭގައިވެސް ވަގުތަށް ކަމޭހިތުމަކީ ބޭނުންތެރި ކަމެއް ކަމުގައި އޮވެއެވެ. ރިވެތި އަޚްލާގުގެ ތެރޭގައިވެސް ވަގުތަށް ކަމޭހިތުން ހިމެނިފައި އޮވެއެވެ. ވީމާ ތިމާގެ ޝަހުސު އޭގެ އެންމެ އުހަށް، މަތީހަރުފަތަށް، ގެންގޮސްދޭނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަން ޔަޤީނެވެ.

+1
0
+1
4
+1
3
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. Varah muhimmu vaahakaeh. Vaguthu heyogothugaa beynun kuran daskodhdhee dharin emagun tharubiyatu kurun varah muhimmu. Hithaama akee miadhu ginameehun nidhumashaa, majaa kurumaasha coffee ah erumasha, social media gai beykaaru gothuga vaguthu heydha kurun fadha gina kankamuga thimaa kuran huri muhimmu kankamah ihumaaluve ekankamah dheynvee vaguthu nudhinumuge sababun ethakeh gellumeh aailaa ashaa mujuthama ah libemun dhaa kameve.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް