އިންސާނެއްގެ ނޭފަތުގައި ވަސްދެނެގަތުމުގެ ގޮތުން 400 އެއްހާ 'ރިސެޕްޓަރސް' ހުރެއެވެ. އާންމުކޮށް މީރުވަސްދުވާ ތަކެއްޗަށް ގިނަމީހުން ހިތްކިޔާނެއެވެ. އެގޮތުން މިބަލާލަނީ އަގުުބޮޮޑު ސެންޓުފަދަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި ގައިން މީރުވަސް ދުއްވަން ބޭނުންކުރެވިދާނެ ގޮތްތަކެކެވެ.
ކެއުމުގައި މަސް(ރެޑްމީޓް) ހިމަނާ މިންވަރު މަދުކުރުން
ބައެއް ދިރާސާތަކުން ދައްކާގޮތުން ނުބައިވަސް ދުވަނީ އެމީހާގެ ގައިން ނުުކުންނަ ދަލުގެ ސަބަބުންނެވެ. ގިނަ އަދަދަކަށް ފެޓްއެކުލެވޭ ރެޑްމީޓް ގިނައިން ކެއުމުގެ ސަބަބުންނާއި ބްރޮކޮލީ ފަދަ ބައެއް ތަރުކާރީ ކެއުމުންވެސް ނުބައިވަސް ދުވައެވެ. މިތަކެތި ކެއުން ހުއްޓާނުލާ ކެއުމުގައި ހިމަނާ މިންވަރު މަދުކޮށްލާށެވެ. ބައެއް ހަމުގެ ޑޮކްޓަރުން ލަފާދޭގޮތުގައި ފައިބަރުގެ މާއްދާ ގިނައިން އެކުލެވޭ ތަކެއްޗާއި ތާޒާ މޭވާ ކެއުމުގައި ބޭނުންކުރުމުން ގައިން ނުބައިވަސްދުވާ މިންވަރު ދަށްކޮށްދެއެވެ.
ކޮފީ މަދުކޮށް ފެންބުއިން އިތުރުކޮށްލާ
ކޮފީ އާއި ސައިގަވެސް ކެފެއިން ހިމެނެއެވެ. ހަންގަނޑުގައި ހުންނަ ބެކްޓީރިއާ އާއި ދާ އެކުވެ ދާހިއްލުމުން ގައިން ނުބައިވަސް ދުވައެވެ. ފެނަކީ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ހަށިގަނޑު ޑީހައިޑްރޭޓް ވުމުން ނުބައިވަސް ދުވާނެއެވެ. ޚާއްސަކޮށް އަނގައިން ނުބައިވަސް ދުވުން އިތުރުވާނެއެވެ. ކަސްރަތުގެ ބައެއް މާހިރުން ވިދާޅުވާގޮތުންް ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށްޓަކައި ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބޯންވާނެއެވެ.
އަންނައުނަށް ސަމާލުވުން
ބައެއްފަހަރު ގައިން ނުބައިވަސް ދުވަނީ ލައިގެން ހުންނަ ހެދުމުން ކަމަށްވެސް ވެދާނެއެވެ. ދާވެފައި ހުންނަ ހެދުން ދޮންނައިރު ނުފުށުން ޖެހުމަށްފަހު ދޮންނަން އާދަކުރާށެވެ. މާބޮޑަށް ވަސްނުބައިވެފައިވާނަމަ ފެން އެއްޗެއްގެ ތެރެއަށް ވިނެގަރ އެޅުމަށްފަހު އޭގެ ތެރެއަށް ހެދުންލާށެވެ. އަދި އެއަށްފަހު ދޮންނާށެވެ. ރަނގަޅަށް ހިކިފައި ހުންނަ ހެދުންތައް އަލަމާރީގައި އަޅުވާއިރު ދެހެދުން ދޭތެރޭގައި ޖާގަ ބަހައްޓާށެވެ. އަދި ދާވެފައި ހުންނަ ހެދުންތަކާއި އެއްކޮށް ނުބަހައްޓާށެވެ.
ފެންވަރާ ނިމިގެން ގައިން ރަނގަޅަށް ފެން ހިއްކަންވާނެއެވެ.
ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތުކުރަން އާދަކުރާށެވެ.
ނިދިހަމަނުވުން މީއީވެސް ހަށިގަނޑުން ނުބައިވަސް ދުވުމަށް މެދުވެރިވެދާނެ ސަބަބެކެވެ.