July 5, 2024 13:00
Advertisement

-Advertisement-

އީރާނުގެ ރައީސް އަވަހާރަވުން މިއީ މުސްލިމުންނަށް ހިތްދަތި ދުވަހެއް!

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެއްޖެއެވެ. ރައީސީ އަވަހާރަވީކަން އެގައުމުގައި ވަނީ އިއުލާންކޮށްފައެވެ. ރައީސީ އަވަހާރަވީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުމުންނެވެ. މިހާދިސާ ހިނގާފައިވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގައެވެ.
ރައީސާއެކު ދަތުރުކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާން އާއި އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުﷲ އަލްޚާޝިމީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

63 އަހަރުގެ ރައީސީ އަކީ އީރާނުގައި ނުފޫޒުގަދަ ވަރުގަދަ ޝަހުސިއްޔަތެކެވެ. އުމުރުން އެންމެ 20 އަހަރުގައި ވަނީ ޕްރޮސެކިއުޓަރުގެ ވަޒީފާ އަދާކުރައްވާފައެވެ.
2021 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ރައީސީ ކާމިޔާބު ހޯއްދެވީ 62 އިންސައްތަ ވޯޓުންނެވެ. މި އިންތިޚާބުގައި ބައެއް ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ލިބިފައި ނުވެއެވެ.
ރައީސީ އަކީ އީރާނުގެ ދީނީ ވެރިންނާއި ގާތް ގުޅުމެއް ބޭއްވި ލީޑަރެކެވެ. ރައީސީގެ އެންމެ ފާހަގަކުރެވޭ އަދި މުސްލިމުން އެންމެ ތާއީދުކުރާ ޚާއްސަ ކަމަކީ އިސްރާއީލުގެ ޔަހޫދީންނަށް ފާޅުގައި ގޮންޖައްސަވާ ބޭފުޅަކަށްވުމެވެ.
ރައީސީ އަވަހާރަވިއިރު 2 ދަރިކަނބަލުންނާއި އަނބިކަނބަލަކު އެބަހުއްޓެވެ. 

އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓްގައި ވަނީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ނިޔާވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުމަށް ދުޢާ ދަންނަވާފައެވެ.
އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ވަނީ ނިންމާފައެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާން ފެންނަން ނެތް ކަމަށް އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ އާންމުކޮށްފައެވެ.

Advertisement
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. انا لله وانا إليه راجعون
    اللهم اغفر له وارحمه وعافه واعف عنه

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް