July 5, 2024 12:40
Advertisement

-Advertisement-

މަތިންދާބޯޓުގައި ދަތުރުކުރާއިރު އިންނަންވާނީ ސީޓް ބެލްޓް އަޅައިގެން!

 
2015 ޑިސެންބަރު 15 ވަނަ ދުވަހު ހިނގާފައިވާ ހާދިސާއަކާއި ގުޅިގެން ކެނެޑާގެ ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ހާމަކޮށްފައިވާ ގޮތުގައި މަތިންދާ ބޯޓުގެ ފަސްޓް އޮފިސަރ ވަނީ ފްލައިޓް ‘ޓާބިއުލެންސް’ އޭރިއާއަށް ވަނުމުގެ 35 މިނެޓް ކުރިން ބޯޓުގެ އެތެރޭގައި ދެމުންދާ އެންމެހާ ޚިދުމަތްތައް ހުއްޓާލައި ސީޓްބެލްޓް އެޅުމަށް ތަކުރާރުކޮށް އިއުލާން ކޮށްފައެވެ. ސީޓްބެލްޓް ނިޝާންތައް ދިއްލުމަށްފަހު ތަފާތު ބަހުރުވަތަކުން މިކަން ވަނީ ޕަސިންޖަރުންނާއި ކެބިންކުރޫއިންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް ބައެއް ޕަސެންޖަރުން ސީޓްބެލްޓް ނޭޅުމުގެ ސަބަބުން 21 މީހަކަށް އެކިވަރުގެ އަނިޔާވެ އެކަކުގެ ހާލު ސީރިއަސްވިއެވެ.
މީގެ އެއްދުވަސް ކުރިން ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ސިންގަޕޯރ އެއަރ ލައިން އެސްކިޔު-321 ފްލައިޓު މަންޒިލަށް ނުދެވެނީސް ކޮޅިގަނޑެއްގައިޖެހި ލޮޅުންއަރަންފެށުމުން ވަނީ އެމަޖެންސީގައި ބެންކޮކް އެއަރޕޯޓަށް ޖައްސާފައެވެ. 
މި ހާދިސާގައި ގިނަބަޔަކު ޒަޚަމްވެފައިވާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. 211 ޕަސިންޖަރުންނާއި 18 ކްރޫއިން ދަތުރުކުރިއިރު 72 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. 73 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. މިކަން މެދުވެރިވާން ދިމާވެދާނެ ބައެއް ގޮތްތައް ކަމަށް އޭވިއޭޝަން ދާއިރާގެ މާހިރުން ބުނެފައިވަނީ ‘ޓާބިއުލެންސް’ އަންނަކަން ކުރޫއިންނާއި ޕަސިންޖަރުންނަށް އެނގިފައިނެތުން ނޫނީ އެފަދަ ލޮޅުމެއް އަތުވެދާނެކަމަށް ޕައިލެޓުންނަށް ލަފާނުކުރެވޭތީ ތައްޔާރީ ފިޔަވަޅު އެޅިފައި ނުވުމެވެ. ސިންގަޕޫރުން ވަނީ މި މައްސަލަ ތަހުގީގުކުރާނެކަމަށް ބުނެފައެވެ. 
ދަތުރު ކުރުމުގައި ކަމާގުޅޭ ފަރާތްތަކުން އަމަލުކުރުމަށް ކަޑަލަޅާފައިވާ އުސޫލުތަކަށް އިހުތިރާމްކޮށް އަމަލުކުރުމަކީ ރައްކާތެރިކަމަށްޓަކައި މުހިންމުކަމެކެވެ. ޚާއްސަކޮށް ފުލައިޓުގައި އިންނައިރު ސީޓްބެލްޓް ބޭނުންކުރުން މުހިންމެވެ.
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް