Advertisement
header ad
XeeTimesXeeTimes
ގުދުރަތީ މަންޒަރުން އެލިބޭ ހިތްހަމަޖެހުން!

ގުދުރަތީ މަންޒަރުން އެލިބޭ ހިތްހަމަޖެހުން!

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ގިނަ މީހުން އުޅެން މިޖެހެނީ ވަރަށް ބުރަކޮށް އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައެވެ. މިގޮތަށް އުޅެން ޖެހުމުން އަމިއްލަ ހިތްހަމަޖެހުމާމެދު ވިސްނާލަން އެވަރަށް ވަގުތު ނުލިބެއެވެ. ދިރިއުަޅެން ޖެހިފައިވާ ގޮތުން ކަންކަމާމެދު ފިކުރުބޮޑުވެ ހާސްވާ ފަހަރު އާދެއެވެ. މިއީ ފަސޭހައިން ހައްލު ހޯދިދާނެކަމެކެވެ. މިގޮތުން މާބޮޑު ޚަރަދެއް ކުރަން ނުޖެހެއެވެ. 1- ފަތިހު ހިނގާލަން ނުކުތުން ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހަކު ހިނގާލަން ބޭރަށް ނުކުމެލާށެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތު އެޖެހޭ ވަޔާއި ވަށައިގެން އެއިވޭ ދޫނީގެ އަޑުތަކުން މީހާގެ ސިކުނޑިއަށް ލިބޭ ތާޒާކަން އިންތިހާއަށް ގިނައެވެ. އެލިބޭ ހިތްހަމަޖެހުމުން ފިކުރުތަކާއި ދުރުވެ އުފާވެރިކަމުގެ އިހުސާސް ކުރެވޭނެއެވެ. މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. 2- އިރުއަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ބަލާލުން އިރު އަރައިގެން އަންނަ ނުވަތަ އިރުއޮއްސޭ މަންޒަރު ފެނުމުން ފޮޓޯނަގާ ފަހަށް އެ މަންޒަރު ރައްކާކުރާ މީހުން އުޅެއެވެ. މިއާއެކު މިފަދަ މަންޒަރުތައް ގިނައިން ފެންނަނަމަ ހިތްހަމަޖެހުން ލިބެއެވެ. އެއީ އަޖައިބެއްފަދަ ހިތްހަމަޖެހުމެކެވެ. 3- ގޮނޑުދޮށުގައި މަޑުކޮށްލުން މާލެ ސަރަހައްދުގައި ނުވަތަ ރަށުގައި ދިރިއުޅުނު ކަމުގައިވިއަސް ބިޒީ ދިރިއުޅުމުން ކޮންމެ ދުވަހަކު 30 މިނިޓް ހޯދައިގެން ނަމަވެސް މޫދު ފެންނަ ތަނަކަށް ދާށެވެ. އެއީވެސް ސިކުނޑިއަށް ލުއި އިހުސާސްވާ ކަމެކެވެ. ގުދުރަތީ ރީތި ހިތްގައިމު މަންޒަރުތަކުން އުފާވެރިކަން ހޯދަން ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި ފަސޭހައިން އެއުފާވެރިކަން ލިބޭނެ ގޮތަކަށް ދުވަހުގެ ޝެޑިއުލް ރާވާލެވިދާނެއެވެ. މުހިންމީ ސިކުނޑިއަށް ބޭނުންވާ ރެސްޓް ލިބުމުވެ. އެއިރުން ތިމާކުރާ މަސައްކަތް ނުވަތަ ވަޒީފާވެސް ރަނގަޅަށް އަދާކުރެވޭނެއެވެ. ސިކުނޑިއަށް ބާރުބޮޑުވާނަމަ ބައެއްފަހަރަށް ބޮލުގައިރިއްސާ މަސައްކަތްކުރަން ބޭނުންނުވާ ފަހަރު އާދެއެވެ. ދިރިއުޅުން ބައްޓަންކުރާއިރު އަމިއްލަ ނަފުސަށް ވަގުތުދީ ގުދުރަތީ ރީތި މަންޒަރުތަކުން އުފާވެރިކަން ހޯދިދާނެއެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —