ވެލިފާނައަކީ އެހެން ފާނައާއި ޚިލާފަށް އާންމުކޮށް ކަނޑުގެ 100-30 މީޓަރު ފުނުގައި އުޅޭ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކައްޓާއެކު 14-16 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. އަދި ކަރުތާފަތް ކައިރީގައި 18-20 މަޑުކަށި ހުރެއެވެ. މި ވައްތަރުގެ އަންހެން ފާނަ 28 ސެންޓިމީޓަރަށް ބޮޑުވާއިރި ފިރިހެން ފާނަ 34-57 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މި މަހުގެ ކުލައަކީ ރަތްކުލައެވެ. ފަނޑުކޮށް ހުދުކުލައިގެ ތިކިތަކެއް ހުންނަ މި މަހުގެ ބޮލުންފެށިގެން ލޮލާއި ހަމައަށް އަޑިވެފައި ހުރެއެވެ. މިމަހުގެ ބޮލުގައި ހުންނަނީ ވައިލެޓްކުލަ އާއި ގާތްކުރާ ކުލައެކެވެ. އާންމުކޮށް މި މަސް ބޭނެނީ ރޭގަނޑު ނަނު ފައްތައިގެން ކުރާ މަސްވެރިކަމުގައެވެ. މި މަހުގެ ކާނާއަކީ ކުދި މަސްމަހާމެއްސާއި ކަކުނިފަދަ އެއްޗެއްސެވެ. ކުދި ހުޅުނބުތައް ހުންނަ މި މަހަކީ ދިވެހިން ކެއުމުގައި ބޭނުންކުރާ މީރު މަހެކެވެ.
މައުލޫމާތު: ފިޝްބޭސް، މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރ