September 20, 2024 05:48
Advertisement

-Advertisement-

އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކުރުން، އެކަނި މަގުމައްޗަށް ނުކުތުން ބިރުވެރި!

މިރޭ ސޯޝަލް މީޑިއާގައި އެ އާންމުވީ ކޮންފަދަ ބިރުވެރި މަންޒަރުތަކެއްތޯ އެވެ. ވެރިރަށް މާލޭގައި އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް އަނިޔާއެކުރީ އެންމެންގެ ކުރިމަތީގައެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވިއިރު އެންމެފަހުން ވަނީ ވަޅިން ބިރުދެއްކި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އެ އަންހެންމީހާ ސަލާމަތްކޮށް ފިރިހެންމީހާ ހައްޔަރުކުރަނީ

ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް މައުލޫމާތު ދެމުން މިރޭ 9:30 ހާއިރު ހާމަކޮށްފައިވާ ގޮތުގައި މާފަންނު ގެއެއްގައި އަންހެނަކު ބަންދުކޮށްފައި ހުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔައީ އެ ގެ ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

" ބަންދުކޮށްފައި ހުރި އަންހެންމީހާ އަށް އެގޭ ތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެވެސް އަނިޔާކޮށްފައިވޭ. ފުލުހުން އެއަންހެންމީހާ ސަލާމަތްކުރަން އުޅެފިނަމަ އަންހެންމީހާ މަރާލާނެކަމަށް ބުނެ އަންހެންމީހާގެ ކަރުގައި ވަޅިޖައްސާ ފުލުހުންނަށް އިންޒާރުދީ އަނެއްކާވެސް އަންހެންމީހާ ގޭތެރެއަށް ވައްދާ އަނިޔާކުރުމަށްފަހު އަންހެންމީހާގެ ކަރުގައި ވަޅިޖައްސައިގެންހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ގޮސްފައިވޭ. އަންހެންމީހާގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އަންހެންމީހާ ވަނީ އެފިރިހެންމީހާގެ ކިބައިން ސަލާމަތްކޮށްފައި. ފުލުހުން ބާރުގެ ބޭނުންކުރުމުން ފިރިހެންމީހާއަށް އަނިޔާވެފައިވާތީ އޭޑީކޭގައި ދަނީ ފަރުވާދެމުން. ބަންދުކޮށްފައިހުރި އަންހެންމީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން. މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން". ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.  

Advertisement

އަންހެންމީހާގެ ހާލު ރަނގަޅުކަމަށާއި، ފިރިހެންމީހާ އަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. 

މިރޭގެ މިހާދިސާއަށްފަހު ސޯޝަލްމީޑިއާގައި ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ. މަގުމަތީގައި އެކަނި ނުކުމެ އުޅުން ރައްކާތެރި ނޫންކަމަށް ބުނަމުންނެވެ. ފޭރުމާއި މާރާމާރީއާއި ރަހީނުކުރުމުގެ މައްސަލަތަކުގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާއިރު މިމައްސަލަ އެންމެ ބޮޑު ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވެނީ އާބާދީ އެންމެ ބޮޑު މާލެސިޓީއެވެ. 

މަގުމައްޗަށް އެކަނި ނުކުންނައިރު އަމިއްލަ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމާތޯއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް