Advertisement
header ad
XeeTimesXeeTimes
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް: ހަކުރުބަލީގެ މީހުން ކެއުމުގައި ހިމެނިދާނެ ބާވަތްތައް! ސިއްޙަތު

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް: ހަކުރުބަލީގެ މީހުން ކެއުމުގައި ހިމެނިދާނެ ބާވަތްތައް!

ކޮންމެ އަހަރެއްގެ ނޮވެމްބަރު 14 އަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިއަހަރު ފާހަގަ ކުރާ ހަރުކުބަލީގެ ދުވަހުގެ ޝިއާރަކީ، "ބްރޭކިންގ ބެރިއާސް، ބްރިޖިންގ ގެޕްސް" އެވެ. މިއީ ޑައިބެޓިކްސް އަށް ހުށަހެޅޭ ހިރާސްތައް މަދުކޮށް ހަކުރުބަލީގެ އެންމެންނަށް އެއްހަމައެއްގައި، އެކަށީގެންވާ އަގެއްގައި އެންމެ ފެންވަރު ރަނގަޅު ފަރުވާގެ ނިޒާމު ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ހާއްސަ ދުވަހެއް ކަނޑައެޅީ 1991 ވަނަ އަހަރެވެ. އެއީ އެ ދުވަސްވަރު ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ މިންވަރަކަށް ހަކުރުބަލި އިތުރުވުމާއި ގުޅިގެންނެވެ.

14 ނޮވެމްބަރު އެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމީ 1921 ވަނަ އަހަރު ޗާލްސް ބެސްޓް އާއި އެކު އިންސިއުލިން އުފެއްދި ސަރ ފްރެޑެރިކް ބެންޓިންގެ އުފަންދުވަހަކީ 14 ނޮވެމްބަރު ކަމަށްވާތީއެވެ. އެބޭފުޅުން އިންސިއުލިން އުފެއްދެވުމާއި ގުޅިގެން އޭގެ ކުރިން ހަކުރުބައްޔަކީ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައި އޮތް އޮތުން ކޮންޓްރޯލް ކުރެވޭ ބައްޔަކަށް ބަދަލުވެ ހަކުރުބަލީގެ މީހުންގެ ފަރުވާއަށް ހެޔޮ ބަދަލެއް ގެނެވުނެވެ.

Article - in content
Advertisement

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރަނީ ހަރުކުބަލިން ރައްކާތެތިވުމަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި ހަކުރުބަލި ޖެހިފައިވާ މީހުންގެ އާއިލާތަކާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި އޮންނަ ހޭލުންތެރިކަންވެސް އިތުރު ކުރުމުގެ މަގްސަދުގައެވެ. މި ދުވަސް ފާހަގަ ކުރުމުގެ އަނެއް ބޭނުމަކީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ އަވަހަށް ފަރުވާފެށުމުގެ މުހިންކަމާއި ހަކުރުބަލީގެ ކުރީކޮޅު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

 

ހަކުރުބަލީގެ މީހުންގެ ކެއުމުގައި ހިމެނިދާނެ ބާވަތްތައް: 

 

ކައްޓަލަ

ކައްޓަލައަކީ ކުއްލިއަކަށް ހަކުރުމައްޗަށްދިއުން ކޮންޓްރޯލްކޮށްދޭ، ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. 

 

ފެހިފަތާއި ފެހިކުލައިގެ ތަރުކާރީ

 

ފެހިކުލައިގެ ފަތާއި ފެހި ކުލައިގެ ތަރުކާރީގައި ގިނަ އަދަދަކަށް އަޔަން އެކުލެވެއެވެ. މެގްނީޒިއަމްއާއި ފައިބަރވެސް ގިނަ އަދަދަކަށް އެކުލެވެއެވެ. 

 

ކެރެޓް

 

ކެރެޓަކީ ކާބޯހައިޑްރޭޓްސް ދަށް، ބީޓަރ ކެރޮޓީން އާއި ފައިބަރ ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. 

 

އޯޓްސް

 

އޯޓްސްގައި ގްލައިސެމިކް އިންޑެކްސް ވަރަށް މަތިވެފައި، ފައިބަރު ގިނައެވެ. މިއީ ހަކުރުބަލީގެ މީހުންނާއި ހަކުރުބަލިން ރައްކާތެރިވުމަށް ހެނދުނުގެ ނާސްތާގައި ހިމެނުން ވަރަަށް މުހިންމު ކެއުމެކެވެ.


ހަކުރު ބައްޔަކީ އެ ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ނޭދެވޭ އަސަރުކޮށް ކިޑްނީ އާއި ފުރަމޭގެ ފަންކްޝަނަށްވެސް ބުރޫ އަރުވާ ބައްޔެކެވެ. ފަހަރަކު ގުނަވަނެއް ފެއިލްކޮށްލާ ހިސާބަށްވެސް ހަކުރުބަލީގެ ކޭސްތައް ގޮސްފައިވެއެވެ. ރާއްޖެއަކީ ނިސްބަތުން ހަކުރުބަލީގެ މީހުން ގިނަ ގައުމަކަށްވާއިރު މިއީ އާއިލީ ގޮތުން ވާރުތަ ކުރާ ބައްޔަކަށްވާތީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމާއި ބަލީީގެ ކުރީކޮޅު ބޭސް ކުރަން ފެށުން ވަރަށް މުހިންމެވެ. 

 

ދުނިޔޭގެ އާބާދީގެ  ބޮޑެތިމީހުންގެ އަދަދަށް ބަލާއިރު 206 މިލިއަން މީހުންނަކީ ހަކުރުބަލި ޖެހިފައިވާ މީހުންނެވެ. 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް ހަކުރުބަލީގައި މަރުވާ މީހުންގެ އަދަދު 747 ހާހަށް އަރައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —