Advertisement
header ad
XeeTimesXeeTimes
މިހާވަރަށް ތުންދަމާ ހިކައެއް ދެކުނިންތަ؟

މިހާވަރަށް ތުންދަމާ ހިކައެއް ދެކުނިންތަ؟

ތުންދަމާ ހިކާ އަކީ ރާއްޖޭގެ ފަޅުތަކުގައި އާންމުކޮށް އުޅޭ ބާވަތެއްގެ ބަލާލަން ރީތި މަހެކެވެ. މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 21 އިންޗިއަށެވެ. އާދައިގެ ހިކާއަށްވުރެން ފުޅާކޮށް ބޮޑެތި ހުޅުނބު ހުންނަ މި މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 9 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރި ބައިގައި 3 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. މި މަހުގެ ކޮތަރިބައި ހުންނަނީ ފަހަތަށް ދިގުކޮށެވެ. މިވައްތަރުގެ ހިކާ އޭގެ ތުން 65 އިންސައްތައަށް ކުރިއަށް ނެރެއެވެ.

މި މަހަކީ އެހާ ހަރަކާތްތެރި މަހެއް ނޫންކަމުން މި ހުނަރު ބޭނުންކޮށްގެން ކުދިމަސްތައް ޝިކާރަކޮށްގެން ކައިއުޅެއެވެ. އާންމުކޮށް މި މަހުގެ ކާނާއަކީ މުރަކަތަކުގެ ކައިރީގައި ހުންނަ ކުދި ކަކުންޏާއި، ޑިނގާ އަދި ކުދި މަސްތަކެވެ. މި ބާވަތުގެ ފިރިހެން މަސް ހުންނާނީ މުށިކުލައާއި އަޅި ކުލަ އަދި އޮރެންޖު ކުލައިގައެވެ. އަންހެން މަސް ހުންނަނީ ގަދަ ރީނދޫ ކުލައާއި ގަދަ މުށިކުލައެއްގައި، ހުދުކުލައިގެ ރޮނގެއް ލޮލާދިމާލުން ހުރެއެވެ. މިމަހަކީ ރާއްޖޭގައި މީހުން ކެއުމުގައި ބޭނުންކޮށްއުޅޭ މަހެއް ނޫނެވެ. ނަމަވެސް މި މަހަކީ ޓޭންކުގައި ގެންގުޅެން ވަރަށް ރީތި މަހެކެވެ.

މަސްދަރު: އައިނެޗުރަލިސްޓް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —