Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: ލައްފިލޮޅު

މައުލޫމާތު: ލައްފިލޮޅު

ލައްފިލޮޅަކީ އާންމުކޮށް 01 މީޓަރާއި 20 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ. ފިޔާތޮށި އަދި ރަތް ކުލައިގައި ކޮތަރި ހުންނަ މި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތުގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުންނަ މި މަހުގެ ކަންފަތްގަނޑުގައި 13 މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގައި މުށި އަދި ޒައިތޫނިފެހި ކުލަ އަދި ތިރީބައި ހުދުރިހި ކުލައަކުން ފެންނައިރު މި މަސް އެންމެ ބޮޑުވަނީ 54 ސެންޓިމީޓަރަށެވެ. އަދި މަހުގެ މެދަކާ ހިސާބުގައި ވަށްކޮށް ހުންނަ ކަޅުކުލައިގެ ތަންކޮޅެއް (ލައްގަނޑެއް) ހުރެއެވެ. އަދި ނޫކުލައިގެ ތިކިތަކެއް ލޯކައިރީގައި ހުރެއެވެ.

މި މަހަކީ ރާއްޖޭގެ ފަރުތަކާއި ފަޅުތަކުގައި އުޅޭ މަހެކެވެ. ބޮޑެތި އައިން ހަދައިގެން އުޅޭ މަހަކަށް ނުވިކަމުގައި ވިޔަސް މި މަހަކީ ދިވެހި މަސްވެރިން އާންމުކޮށް ފަޅުން ބާނާ އުޅޭ މީރު މަހެކެވެ. ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން އާންމުކޮށް މި މަސް ބާނައެވެ. މި މަހުގެ ކާނާ އަކީ ފަނިފަކުސާތަކާއި، ބޮއްޔާއި ކުދި މަސްތަކެވެ.

މައުލޫމާތު: ފިޝްބޭސް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —