ޒީދާ ޙުސައިން އަކީ މާލޭގައި ދިރިއުޅޭ ގޭގައި ގިނަ އަދަދެއްގެ ގަސް ހައްދާ އަދި އެގަސްތައް ވިއްކުމުގެ ވިޔަފާރިވެސް ކުރަމުންދާ ކަނބަލެކެވެ. ޒީދާ ވިއްކާ ބައެއް ގަސްތަކަކީ އަމިއްލަ ގޭގެ ޓެރަހުގައި ހެއްދުމަށްފަހު ވިއްކާ ގަސްތަކެކެވެ. ޒީދާ ދަނީ ގަސް ގަންނަ ފަރާތްތަކަށް ގަހާއިގުޅޭ ހުރިހާ މަޢުލޫމާތެއް ހިއްސާކުރަމުންނެވެ. މިގޮތުން ގަސް ރީޕޮޓްކުރާނެ ގޮތުގެ އިތުރުން، ގަސްހެއްދުމަށް ބޭނުންވާނެ ގަސްކާނާ އާއި އިތުރު މަޢުލޫމާތު ހިމެނޭ ލުއިފޮތް ފޯރުކޮށްދެއެވެ.
Advertisement









