Advertisement
header ad
XeeTimesXeeTimes
 އެންމެ ގިނައިން ވަލުކޮތަރު އުޅެނީ ކޮންރަށެއްގައި؟

އެންމެ ގިނައިން ވަލުކޮތަރު އުޅެނީ ކޮންރަށެއްގައި؟

ވަލުކޮތަރަކީ ކޮތަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، އާދައިގެ ކޮތަރަށްވުރެ ހަށިގަނޑުން ކުޑަ ދޫންޏެކެވެ. ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން ފުވައްމުލަކާއި އައްޑޫ ބަހުރުވައިން މީގެ ދޫންޏަށް "ވަލިކޮތަރު" އޭވެސް ކިޔައިއުޅެއެވެ.

33 ސެންޓިމީޓރަށް ބޮޑުވާ މިދޫނީގެ ކަޅުކުލައަށް ހުންނަ ފިޔައިގެ ދިގުމިނަކީ 34 ސެންޓިމީޓަރެވެ. 85-170 ގްރާމްގެ ބަރުދަން ހުންނަ މިދޫނީ އުދުހޭއިރު ފަހަތުން ހުދުކުލައިގެ ތިކިތަކެއް ފެންނަން ހުރެއެވެ. އަދި ކަލުކުލައިގެ ތިކިތަކެއް ފިޔަތަކުގައި ހުރެއެވެ. މި ބާވަތުގެ ފިރިހެން ދޫނީގެ ކަރުން ތިރީގައި ފިޔާތޮށި ކުލައެއް ހުރެއެވެ. އަދި ބޯމަތީގައި ނޫކުލައާއި މުށި ކުލަ ހުރެއެވެ. އަންހެން ދޫނީގެ ހުންނަނީ ފަނޑު މުށިކުލައެއްގައެވެ. މިބާވަތުގެ ދޫނި ރާއްޖޭގެ އެކި ރަށްރަށުގެ ވަލުތެރޭގައާއި ހުސްބިންތަކުގައިވެސް އުޅެއެވެ. މިދޫނި އާންމުކޮށް ކައިއުޅެނީ ގަސްތަކުގައި އަޅާ އެކި ބާވަތްތަކުގެ އޮށްތަކެވެ. ނަމަވެސް މަދުން ސޫފާސޫފިވެސް ކައިއުޅެއެވެ.

މަސްދަރު: އައުޑުބަން

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —