ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ކޮންޓްރޯލުނުވެ ފެތުރި އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެއަރޕޯޓުގެ ފަޔަރ ފައިޓަރުންނާއި ސިފައިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. ޕެޓްރޯލް ޝެޑު ހުރި ސަރަހައްދުގެ ގެތަކުން މީހުން ވަނީ ހުސްކޮށްފައެވެ. އަލިފާންގަނޑުން ފެތުރޭ ދުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަލިފާން ނިއްވާލެވުނީ ރޯވިތާ 4 ގަޑިއިރު ފަހުންނެވެ.

Advertisement









