Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ކޮވިޑް ވެކްސިން ދިވެހިރާއްޖޭގައި ޖަހަން ފެށުން ފޮޓޯ

ފޮޓޯ: ކޮވިޑް ވެކްސިން ދިވެހިރާއްޖޭގައި ޖަހަން ފެށުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން އަލަށް މިއަދު ވަނީ ޖަހަން ފަށައިފައެވެ. މިވެކްސިން އެންމެ ފުރަތަމަ ޖަހައިފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ.ޝިރާނީ ޢަބްދުއްރަޙްމާން އެވެ. ކޮވިޑް-19 ދިފާޢު ކެމްޕޭންގެ ދަށުން ދެން ވެކްސިންޖެހީ އައިޖީއެމްއެޗް ގެ ނަރުހަކާއި، ހަކުރު ބަލި ހުންނަ މީހެކެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވެކްސިން ޖައްސަވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާނުގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިން ވަނީ މިއަދު ވެކްސިން ޖައްސަވައިފައެވެ. މާލެއާ އެކު އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

ފޮޓޯ: ރައީސް އޮފީސް/ ރައްޔިތުންގެ މަޖިލީހުގެ އިދާރާ

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —