September 20, 2024 22:42
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ނަބީކަން ފެށެން ކައިރިވުމާއި ފުރަތަމަ ވަޙީ ލިބިވަޑައިގަތުން

ރަސޫލުﷲ ގެ ސީރާ ބާރަވަނަ ބައި

ޢާއިޝާރިވާކުރެއްވި މިޙަދީޘްގައި ރަސޫލުﷲ ބަޔާންކޮށްދެއްވައެވެ. ވަޙީ ފެށުމުގެކުރިން އެކަލޭގެފާނު ހިރާ ފަރުބަދައަށް އަރުއްވައި އެފަރުބަދައިގައި ހުރި ހޮހަޅައެއްގައި ގިނިކަންޏާ އިންނަވައެވެ.

ރަސޫލުﷲ އަށް ވަޙީ ބާވައިލެއްވުމުގެ ދޮޅު އަހަރު ނުވަތަ ދެ އަހަރު ކުރިން އެކަލޭގެފާނު ހިރާ ފަރުބަދައަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އަދި ހިރާ ފަރުބަދައަށް އަރުއްވައި އެފަރުބަދައިގައި ހުރި ހޮހަޅައިގައި އިންނެވުން އާދައަކަށް ހެއްދެވިއެވެ. މިގޮތަށް މީސްތަކުންނާއި އެކަހެރިވެވަޑައިގެން ގިނިކަންޏާ އިންނެވުމަކީ ތަޙައްނުޘްކުރެއްވުމެވެ.

Advertisement

ތަޙައްނުޘް މިބަހުގެ މާނަޔާއިގުޅޭގޮތުން ޢިލްމުވެރިން ވިދާޅުވަނީ  ރަސޫލުﷲ ހަގީގީ މާނައިގައި ވަކިވެވަޑައިގަތީ މުޖުތަމައުގައި ހުރި ހުރިހާ ނުބަޔަކާއެވެ. އެކަލޭގެފާނު ހިރާ ފަރުބަދައަށް ގިނިކަންޏާ ވަޑައިގަތުމަކީ ބުދަށް އަޅުކަންކުރުމާއި ވަކިވެވަޑައިގަތުމެވެ. ފަސާދައާއި ފާޙިޝު އެންމެހައި ކަންކަމުން އެކަލޭގެފާނު ދުރުވެވަޑައިގަތުމެވެ. މިގޮތަށް ހުރިހާ ނުބަޔަކާއި ދުރަށް ވަޑައިގަތުމުން ނަފުސު ޠޯހިރުކުރައްވަން އެކަލޭގެފާނަށް ފުރުސަތު ލިބިވަޑައިގަތެވެ.

ރަސޫލުﷲ ހިރާ ފަރުބަދައިގެ ހޮހަޅައަށް ވަޑައިގަންނަވަނީ ކާބޯތަކެތި ހިއްޕަވައިގެންނެވެ. ވަޙީ ލިބިވަޑައިގަތުން ކައިރިވަމުން އައިވަރަކަށް އެކަލޭގެފާނު ހިރާ ފަރުބަދައިގެ ހޮހަޅާގައި ހޭދަކުރައްވާ ވަގުތު ގިނަކުރެއްވިއެވެ. ބައެއް ރިވާގައި އެކަލޭގެފާނު ބައެއްފަހަރު ހިރާ ފަރުބަދައިގައި މަސްދުވަހު އިންނަވައެވެ. ރަސޫލުﷲ ހިރާ ފަރުބަދައިގައި އިންނަވާއިރު އަނބިކަނބަލުން ޚަދީޖާވެސް އެކަލޭގެފާނަށް ބައެއްފަހަރު ކާބޯތަކެތި ގެންގޮސްދެއްވައެވެ. ބައެއްފަހަރު އެކަލޭގެފާނު އެނބުރި ގެއަށް ވަޑައިގަންނަވަނީ ކާނާއަށް ޖެހިވަޑައިގަތުމުންނެވެ.

މިފަރުބަދައަށް މިހާރުކިޔަނީ ޖަބަލުއްނޫރުއެވެ. މިހޮހަޅައަށް ޚާއްޞަ ސިފަތަކެއް ލިބިފަހުރިއެވެ. އެއީ ހޮހަޅައިގެ ކުޑަކަމެވެ. ހިރާ ފަރުބަދައިގައި ހުރީ ބޮޑު އާނގެކޭ ބުނާހާވެސް ހޮހަޅަ ކުޑައެވެ. މިހޮހަޅައިގައި ހުންނަނީ ރަނގަޅަށް ހަމަޖެހިގެން އެންމެ މީހަކަށް އިނދެވޭނެ ޖާގައެވެ. ތަންކޮޅެއް ދަތިކޮށް އުނދަގޫކޮށް ދެމީހަކަށްވެސް ހޮހަޅައިގައި ތިބެވޭނެއެވެ. ހޮހަޅަ ހުރީ އެއް އަނގައިން ވަދެގެން އަނެއް އަނގައިން ނިކުމެވޭގޮތަށެވެ. އެހެންވެ ހޮހަޅައިގައި ހުންނައިރު ރީތިކޮށް ވައި ދައުރުވެއެވެ. އަދި ފަރުބަދައިގެ އުސްކަމުން ހޮހަޅައިގައި ހުންނަ މީހަކަށް ފިނި ވައިރޯޅީގެ ހިތްފަސޭހަކަން އިހުސާސްކުރެވެއެވެ. މިހޮހަޅައިގައި އިށީނދެ އިންނައިރު އިނދެވޭނީ ގިބުލައަށް ކުރިމަތިލައިގެންނެވެ. އެހޮހަޅައިން މިހާރުވެސް ވަރަށްރީތިކޮށް ގެފުޅު ފެންނަންހުރެއެވެ. އިބުނު އިސްޙާޤު ވިދާޅުވާގޮތުގައި މިހޮހަޅައަކީ ޢަބުދުލްމުއްޠަލިބަށް ފެނިވަޑައިގަތް ހޮހަޅައެކެވެ. އެކަލޭގެފާނުވެސް މިހޮހަޅައިގައި ފިކުރުކުރައްވަން އިންނަވާކަމުގައިވިއެވެ.

ތަޙައްނުޘްކުރެއްވުމުގައި ރަސޫލުﷲ އެތައް ދުވަހަކާއި އެތައް ރޭ ހިރާ ފަރުބަދައިގައި ހޭދަކުރެއްވިއެވެ. މިކަމުން އަމާންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. ތަޙައްނުޘްކުރައްވާއިރު އެކަލޭގެފާނު ވިސްނަވައި ފިކުރުކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ވަށައިގެންވާ ދުނިޔެއާމެދުއެވެ. އެކަލޭގެފާނު ފިކުރުހިންގެވީ ދިރިއުޅުއްވަމުން ގެންދެވި މުޖުތަމަޢުގައި ހުރި އެކިއެކި ކަންކަމާމެދުއެވެ. އެކަލޭގެފާނު ފުންކޮށް ވިސްނަވަމުން ގެންދެވީ ޙަޔާތުގެ ހަގީގަތާމެދުގައެވެ. އެކަލޭގެފާނު ފުންކޮށް ފިކުރުކުރައްވަމުން ގެންދެވީ ޙައްޤަކީ ކޮބައިކަމާމެދުގައެވެ. އެކަލޭގެފާނު ތަދައްބުރުކުރައްވަމުން ގެންދެވީ ހަޔާތުގެ ބޭނުމާއި މަގުސަދާމެދުގައެވެ.

ޢާއިޝަތުގެފާނު ވިދާޅުވާގޮތުގައި ތަޙައްނުޘްކުރެއްވުމަކީ ހުރިހާ ނުބައިކަމަކުން ދުރުހެލިވެވަޑައިގެން އަޅުކަމަށް އެކަނި ވިސްނުން ބަހައްޓަވައިގެން އަޅުކަން ކުރެއްވުމެވެ. އެހެންކަމުން ރަސޫލުﷲ ހިރާ ފަރުބަދައިގެ ހޮހަޅައިގައި އެކަލޭގެފާނުގެ އަމާޒަކީ އަޅުކަންކަމުގައި ހައްދަވައި އަޅުކަމުގައި ވަގުތު ހޭދަކުރެއްވިއެވެ.

ދެން ރަސޫލުﷲ ގެ އުމުރުފުޅުން ސާޅީސްވަނަ އަހަރު އާދަޔާއި ޚިލާފް ކަންކަން އެކަލޭގެފާނަށް ތަޖުރިބާކުރެއްވެން ފެށިއެވެ.  

ވަޙީ

ރަސޫލުﷲ އަށް ފުރަތަމަ ވަޙީއައިގޮތާ ބެހޭ ހުރިހާ ތަފުސީލެއް ދެއްވާފައިވަނީ ޢާއިޝަތުގެފާނެވެ.

ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ.

ޞަޙީޙު މުސްލިމުގައި ވާ ޙަދީޘް

ރިވާކުރެއްވިއެވެ. 'ތިމަންކަލޭގެފާނަށް ވަޙީ ލިބިވަޑައިގަތުމުގެކުރިން ހިންގަވާއިރު މަގުމަތީގައި ހުންނަ ގަލާއި ހިލަ ތިމަންކަލޭގެފާނަށް ސަލާމް ރައްދުކުރި. އަދި އެއްގާ ތިމަންކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ފަހަރަކު ސަލާމް ރައްދުކުރި.

މިދުވަސްވަރު އެކަލޭގެފާނަށް ކޮންމެ ރެޔަކު ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އަދި އެހުވަފެންފުޅުގައި ފެނިވަޑައިގަތްގޮތަށް ޖެހިގެން އައި ދުވަހު ކަން ހިނގިއެވެ. ރަސޫލުﷲ އަށް ތަފާތު އެކިކަންކަން ކުރިމަތިވެވަޑައިގަންނަވަން ފެށުމުން އެވާހަކަތައް އަނބިކަނބަލުން ޚަދީޖާއާއި ޙިއްޞާކުރެއްވިއެވެ. ރައްދުގައި އެކަމަނާ ވިދާޅުވީ އެއީ ﷲ ގެ ޙަޟުރަތުން އަންނަ ރަނގަޅު ކަންތައްތަކެއް ކަމުގައެވެ. އެކަމުގައި އެއްވެސް ނުބައެއް ނެތްކަމަށް ވިދާޅުވެ އެކަމަނާ އެކަލޭގެފާނަށް ހިތްވަރުދެއްވައި ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. މިގޮތަށް އެކަލޭގެފާނަށް ހަތަރު މަހާއި ހަމަހާއި ދެމެދުގެ މުއްދަތަކަށް ހުވަފެންފުޅު ފެނިވަޑައިގަތްކަމަށް ބުޚާރީ މުސްލިމުގައިވެއެވެ.

ހުވަފެންފުޅާއިބެހޭގޮތުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.

ތިރުމިޒީގައިވެއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިކަމަށް ޢުބާދާ ބިން އައް ސާމިޠު ރިވާކުރެއްވިކަމަށް ބުޚާރީގައިވެއެވެ. އީމާންތެރި ޞާލިޙު އަޅުންނަށް ފެންނަ ރަނގަޅު ހުވަފެނަކީ ނަބީކަމުގެ ސަޔާޅީސްބައިގެ ތެރެއިން އެއްބައެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ތިން ބާވަތުގެ ހުވަފެން ހުރެއެވެ. އެއީ

  • ﷲ ގެ ޙަޟުރަތުން އަންނަ ހުވަފެން
  • ޝައިޠާނާގެ ކިބައިން އަންނަ ހުވަފެން
  • ތިމާގެ ވިސްނުމާއިފިކުރުގައި ހުރުމުގެ ސަބަބުން އަންނަ ހުވަފެން

ﷲ ގެ ޙަޟުރަތުން އަންނަ ހުވަފެނުގައި ފެންނާނީ ކުރިއަށް އޮތްތަނުގައި ކަމެއް ހިނގާނެގޮތެވެ. ނުވަތަ ތިމާ ކުރިމަގުގައި ކަމެއްކުރަންޖެހޭގޮތެވެ. ޝައިޠާނާ ދައްކާ ހުވަފެނަކީ ބިރުވެރިކަމުން ފުރިގެންވާ ހުވަފެނެވެ. އެއީ އެއްވެސް ހަގީގަތެއްގެމައްޗަށް ފެންނަ ހުވަފެނެއްނޫނެވެ. ތިމާގެ ވިސްނުމުގައި ހުންނަ ކަންކަމާއި ތަކެތި ހުވަފެނުން ފެނެއެވެ. މިބާވަތުގެ ހުވަފެން ތިމާއަށް ހޭލެވޭތާ ކުޑައިރުކޮޅެއްގެތެރޭގައި ހަނދާނުން ފިލައިގެންދެއެވެ.

ރަސޫލުﷲ އަށް ތަޖުރިބާކުރެއްވުނު ކަންކަމުގެ ޙިކުމަތާއި ނުވަތަ ސަބަބާއިމެދު ވިސްނާލަންޖެހެއެވެ. މިކަމުން ފުރަތަމަ އެނގޭކަމަކީ ކޮންމެވެސް ބޮޑުކަމެއް އެކަލޭގެފާނަށް ވާންއުޅޭކަމުގެ އަލާމާތް އެކަލޭގެފާނަށް ދެއްކެވުމެވެ. ހުވަފެންފުޅު ފެނިވަޑައިގަތުމާއި ގަލާއިހިލަ އެކަލޭގެފާނަށް ސަލާމްދެންނެވުމަކީ އަންނަންއުޅޭ ބޮޑުކަމެއްގެ އިޝާރާތެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކަމުގެ ދެވަނަ ސަބަބަކީ ރޫޙީގޮތުންނާއި ނަފުސާނީ ގޮތުން ނަބީކަމުގެ ތަރުބިއްޔަތު އެކަލޭގެފާނަށް ދެއްވުމެވެ. ކުރުކޮށް ދަންނަވާނަމަ ނަބީކަމަށް އެކަލޭގެފާނު ފުރިހަމައަށް ތައްޔާރުކުރެއްވުމެވެ.

މިދުވަސްވަރު ރަސޫލުﷲ މީސްތަކުންނާއި މުޅިން އެކަހެރިވެވަޑައިގަތެވެ. އަދި ﷲ އަށް އަޅުކަންކުރެއްވުމުގައި ގިނަވަގުތު ހޭދަކުރެއްވިއެވެ. އެއް ރިވާއެއް ބަޔާންކުރާގޮތުގައި ރަމަޟާން މަހެއްގެ ހޮނިހިރު ދުވަހު އެކަލޭގެފާނަށް އަލިކަމެއް ފެނި އަޑެއް އިވިވަޑައިގަތެވެ. އެކަމަކު އަޑު އައީ ކޮންއެއްޗަކުންކަން އެކަލޭގެފާނަށް ފެނިވަޑައިނުގަތެވެ. ޖެހިގެންއައި އާދިއްތަ ދުވަހުވެސް އެކަލޭގެފާނަށް ގަދަ އައްޔަކާއި އަޑެއް ފެނިއިވިޑައިގަތެވެ. އެއީ ކޮންއެއްޗެއްތޯ ބައްލަވަން އުޅުއްވައިގެންވެސް އެއެއްޗެއް އެކަލޭގެފާނަށް ފެނިވަޑައިނުގަތެވެ. ޖެހިގެންއައި ހޯމަ ދުވަހު ވަޙީ ހިއްޕަވައިގެން ޖިބުރީލުގެފާނު ރަސޫލުﷲ އަރިހަށް ވަޑައިގަތެވެ. ޑރ. ޔާސިރު ޤާޟީ ވިދާޅުވާގޮތުގައި އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭކަމަކީ އެކަލޭގެފާނަށް ވަޙީ ލިބިވަޑައިގަތީ ރަމަޟާން މަހުގެ ފަހުގެ ދިހައިގެތެރޭ ހިމެނުނު ހޯމަ ދުވަހެއްގައިކަމެވެ.

ރަސޫލުﷲ ހަދީޘްކުރެއްވިއެވެ. 'ތިމަން ކަލޭގެފާނު އުފަން ވެވަޑައިގަތީ ހޯމަދުވަހަކު. ތިމަން ކަލޭގެފާނަށް ވަޙީ ބާވައިލައްވަންފެއްޓެވީ ހޯމަ ދުވަހަކު.' ރަސޫލު ﷲ އަށް

ރަސޫލުﷲ އަށް ވަޙީ ބާވައިލެއްވިއިރު ޢާއިޝާ ދުނިޔޭގެ އަލިކަން ދެކެވަޑައިނުގަނެއެވެ. އެކަމަކު މިޙަދީޘުން އެކަމަނާ ވަނީ އެކަން ހިނގިގޮތް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.

ނުނިމޭ.. 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް