Advertisement
header ad
XeeTimesXeeTimes
ފިހާރައަށް ގޮސް އަތުގައިހުރި ފައިސާކޮޅު ހުސްކޮށްލުމުގެ ކުރިން މިކަމަށް ވިސްނާލާ ވިޔަފާރި

ފިހާރައަށް ގޮސް އަތުގައިހުރި ފައިސާކޮޅު ހުސްކޮށްލުމުގެ ކުރިން މިކަމަށް ވިސްނާލާ

ގިނަފަހަރު ފިހާރައަކަށް ވަދެލާނީ ބޭނުންވާ މަދުއެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ. ނަމަވެސް ފިހާރައިން ނިކުންނައިރު އަތުގައިހުރި ފައިސާކޮޅު ހުސްވާވަރަށް އެއްޗެހިގަނެގެން ނުކުންނަތަން ފެނެއެވެ. ބައެއް ފިހާރަތަކަކީ ފިހާރައަށް ވަންނަ މީހުން އެތަނުގައި ގިނައިރު ބޭތިއްބުމަށްޓަކައި އެކި އިންތިޒާމުތައް ހަމަޖައްސާފައިވާ ތަންތަނެވެ. އެގޮތުން ރީތި މިއުޒިކެއް ޖަހާފައި ބެހެއްޓުމާއި ވަންނަ ދޮރުކައިރީގައި މާގަސް ބެހެއްޓުންފަދަ ކަންތައް ކޮށްފައި ހުންނަތަން ފެންނާނެއެވެ. އެއީ ފިހާރައަށް ޒިޔާރަތްކުރާ މީހުންގެ ހިތްހަމަޖެހުމަކަށެވެ. އަދި އެއްޗެހި އަޅަން ބޮޑެތި ބާސްކެޓްތައް ބަހައްޓާފައި ހުރެއެވެ. އެއީ ގިނައެއްޗެހި އެއަށް އެޅޭނެތީ ގިނަތަކެތި ވިއްކުމުގެ ބޭނުމުގައެވެ. މިލިޔުމުގައި މިބަލާލަނީ ޚަރަދު ކުޑަކޮށް ބާޒާރުކޮށްލަން ކުރެވިދާނެ ކަންތަކެވެ.

  1. ފިހާރައަށް ދިއުމުގެ ކުރިން ގިނައިން ފެންބޯލުން

ނެދަލޭންޑްސްގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއަކުން ދައްކާގޮތުން ވިޔަފާރިކުރަން ދިއުމުގެ ކުރިން ގިނައިން ފެންބުއިމުން ޚަރަދުކުރެވިފައިވާވަރު މަދުވެފައިވެއެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާން ބޭނުންވާލެއް އަވަސްވެ އެންމެ މުހިންމު އެއްޗެހި ގަތުމަށްފަހު އެންމެ ކައިރިހިސާބެއްގައި ހުރި ފާޚާނާއަކަށް ދާން ބޭނުންވެއެވެ.

  1. ފައިސާގެ އައުނޫޓު ގެންގުޅުން

ޔޫއެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފައިސާގެ ތާޒާ އައުނޫޓު ވޮލެޓުގައި ގިނަދުވަހު ބަހައްޓަން ގިނަމީހުން ބޭނުންވެއެވެ. ނަމަވެސް ބައުނޫޓު ހުރެއްޖެނެމަ ބޭނުންވަނީ އިތުރަށް އެއްޗެހިގަނެ އަވަހަށް އެނޫޓުތައް ހުސްކޮށްލުމަށެވެ.

Article - in content
Advertisement
  1. ސޭލްސް އެސިސްޓެންޓުންގެ ޖާދޫގައި ނުޖެހިވޭތޯ ބެލުން

އެންމެ ހެދުމެއް ގަންނަން ފިހާރައަކަށްދިޔަސް އެހީތެރިވާންތިބޭ މީހުންގެ އެހީއަށް އެދުމަކީ ރަނގަޅުކަމެކެވެ. ނަމަވެސް އެމީހުންނާއި މާބޮޑަށް ގުޅުން ބަދަހިކުރުމުން ގަންނަންދިޔަ ހެދުމުގެ އިތުރަށް އެތައް 'ޗޮއިސްއެއް' އެމީހުން ދައްކާނެއެވެ. އެންމެފަހުން އެންމެ ހެދުމެއް ގަންނަންދިޔަމީހާ ޖެހެނީ އަތުގައިހުރި ފައިސާކޮޅު އެއްކޮށް ޚަރަދުކޮށްފައި ފިހާރައިން ނުކުންނާށެވެ.

  1. ބޮޑެތި ބާސްކެޓް ނުވަތަ ޓްރޯލީގެ ބަދަލުގައި ކުދި ވަށިގަނޑު ބޭނުންކުރުން

ބޮޑު ޝޮޕިންގ މޯލަކަށް ވަދެވުމުން އެތަނުގައި ބޭނުންވާނެ ކިތަންމެ އެއްޗެއް ހުންނާނެއެވެ. މަދުއެތިކޮޅެއް ގަންނަން ވަންނަ ފިހާރައިން ބޮޑު ބާސްކެޓެއްގެ ބަދަލުގައި ކުޑަ ބާސްކެޓެއް އިޚްތިޔާރުކުރާށެވެ. ކުދި ބާސްކެޓަށް އެޅޭތަކެތީގެ އަދަދު މަދުވާނެއެވެ.

  1. އަންހެން ބޭފުޅުން ތިރި ފައިވާނުގެ ބަދަލުގައި ހައިހީލްސް ބޭނުންކުރުން

ވިޔަފާރި ކުރުމަށް ފިހާރައަށްދާއިރު ހައިހީލްސް ބޭނުންކުރުމުން ހިނގާއިރު އެހެނިހެން ކަންކަމަށްވުރެން މީހާ ބެލެންސް ކުރުމަށް އިސްކަންދެވޭކަމަށް ވެއެވެ. އެހެންކަމުން އަގުބޮޑު އެއްޗެހި ގަތުމުގެ ބަދަލުގައި މެދުމިނުގެ ތަކެތި ގަނެ އަވަހަށް ވިޔަފާރިކޮށް ނިންމުމަށް އިސްކަންދީފައިވާކަމަށް ދިރާސާއަކުން ދައްކާފައިވެއެވެ.

 

މަސްދަރު: ބްރައިޓްސައިޓް/އިކޮނޮމިކް ޓައިމްސް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —