November 23, 2024 05:53
Advertisement

-Advertisement-

ސުނީ

ސުނީ: ކެއުން ތައްޔާރުކުރުމުގައި އަވަދިނެތި!

މާލެއަށް އުފަން ސުނީތާ މުޙައްމަދު (ސުނީ) ނުކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. ހެދުން ފެހުން، މާޖެހުން، ހެންޑިކްރާފްޓް، ނާށީގެ މަސައްކަތް، ވޫލް ކްރާފްޓް، ބީޑްސް އެމްބްރޮއިޑަރީ، ޕޭސްޓްރީ ކޯސް، ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުން މިއީ ސުނީ ކުރާ މަސައްކަތްތަކެވެ.

ސުނީ އަކީ ސައުތް އޭޝިއަން ވުމެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޗެއަރޕާސަން އެވެ. މިޖަމްއިއްޔާ އަށް ވަނީ އެކްސްޕޯ މޯލްޑިވްސް 2019 ގައި ކުލަބްޖަމިއްޔާ ތަކުން 2 ވަނަ ލިބިފައެވެ. އަދި ކަނބުލޮ މޯލްޑިވްސްގެ ޗެއަރޕާސަން އެއްގެ ގޮތުގައި ހުރި ސުނީއަށް ވަނީ ވޮބް ޑިސްޓިންގޝަން އެންޑް އެވޯޑް ފޮރ ބެސްޓް ވިމެން މެނޭޖަރ އެވޯޑު ލިބިފައެވެ.

އަތްތެރި މަސައްކަތްތައް

Advertisement

އަތްތެރި މަސައްކަތްތައް ފެށުނީ އަވަށު އަންހެނުންގެ ކޮމިޓީއާއިއެކު މައުރަޒުތަކުގައި މަސައްކަތް ކުރަންފެށި ހިސާބުންނެވެ. 2008ވަނަ އަހަރު ޖެންޑަރ މިނިސްޓްރީ އިން ބޭއްވި 'ރަނިން ފެއަރ'  ކޯޑިނޭޓްކުރުމުގައި އިސްރޯލެއް އަދާކުރީ ސުނީ އެވެ. މީގެއިތުރުން އެކި ރަށްރަށުގައި ބޭއްވި ފޮޓޯ މައުރަޒު އަދި ކުރެހުމުގެ މުބާރާތްތައް ކުރިއަށްގެންދިއުމުގައި އިސްދައުރެއް އަދާކޮށްފައިވާ ކަމަށް ވަނީ މަޢުލޫމާތުދީފަ އެވެ.

" އިކޮނޮމިކް މިނިސްޓްރީ އިން ބޭއްވި އެކްސްޕޯ މޯލްޑިވްސް 2015ގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރުގެ ހައިސިއްޔަތުން، މި އިވެންޓްގެ މުޅި މައުރަޒުގެ ތަކެތި ކޯޑިންގ ކުރުމާއި، އެތުރުމާއި، އަދި ލައިވް އިވެންޓް ކޯޑިނޭޓް ކުރިން. 2015 އަންހެނުންގެ ދުވަހުގެ ފެއަރ "މަހިނޫރު" މިއީ، އަޅުގަޑުގެ މަސައްކަތެއް" 2017ވަނަ އަހަރު ބޭއްވުނު ގިނަ އަދަދެއްގެ މީހުން ބައިވެރިވި 'ހީވާގި ކަނބަލުން' މަޢުރަޒުގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރުކަންވެސް ކުރި ސުނީ ބުންޏެވެ.

މިހާރު ކުރާކަމަކީ ކެއްކުން

2019ވަނަ އަހަރުން ފެށިގެން ސުނީ ގެންދަނީ ތަފާތު ހަފްލާތަކަށް ކާނާގެ ބާވަތްތައް ތައްޔާރު ކުރަމުންނެވެ. ވެރިރަށް މާލޭގައި ދިރިއުޅޭ ސުނީ ބުނީ ކެއްކުމަކީ ކުޑައިރުން ފެށިގެން ކުރާ ކަމެއް ކަމަށެވެ. "ގޭގައި ވިއްކަން ތަފާތު ހެދިކާ، ހަވާދު، ފޯއްކޮށައި، އެއްޗިހި ތައްޔާރު ކުރާއިރު، މަންމަ އަށް އެހީ ވުމުގެ ގޮތުން އޭރު މި މަސައްކަތް ފެށުނީ. އެއީ މީގެ 40 އަހަރު ކުރިން، ފަހުން ވެސް ކޮންމެވެސް ވަރަކަށް މި މަސައްކަތް ކުރަން. އޮފީހަށް ދަމުން ޤަވާއިދުން ނުކުރެވޭތީ، މަސައްކަތް މަޑުޖެހުނު. މިހާރު މިކުރަނީ ގޭގައި ހުރެގެން އެންމެ ރަނގަޅު އާމްދަނީއެއް މިމަސައްކަތުން ލިބޭތީ. އަދި މިމަސައްކަތައް ޝަޢުޤުވެރިކަން ހުންނާތީ"

ސުނީ އެންމެގިނައިން ތައްޔާރުކުރަނީ ދިވެހި އުފެއްދުންތަކެވެ. ބިރިޔާނީ އާއި ތަފާތު ވައްތަރުގެ ފްރައިޑް ރައިސްގެ އިތުރުން އެކި ބާވަތްތަކުގެ ހެދިކާ ތައްޔާރުކުރެއެވެ. ކޭކުގެ ނައަޅާކަށް ވައްތަރެއްނެތެވެ. "ހުނިހަކުރު، ހުނިގުޅަ، އަލުވިސަންބޯލް، މަސްމިރުސް، ހުނިހަވާދު، ލޮނުމިރުސް، ކަނޑުކުކުޅު ހަވާދު، މުސަންމާ ހަވާދު ތައްޔާރުކުރަން. އަދި ގިނަދުވަހަށް ބެހެއްޓޭ ބާވަތްތައް ކަމުގައިވާ ކުދިގުޅަ، ކުދިބަޖިޔާ، ކާޖާ އަދި ތަފާތު ވައްތަރުގެ ބޮނޑިބަތުގެ އިތުރުން ބާތުޑޭ ކޭކް، ވެޑިންގ ކޭކް، ދިވެހި ސޫޕްތައް ބަލިމީހުންނަށް/އުމުރުން ދުވަސްވީ މީހުންނަށް ކެވޭގޮތަށް ތައްޔާރު ކުރަން"

މިހުރިހާ ބާވަތްތައް ތައްޔާރުކުރާއިރު ޑެލިވަރީ ކޮށްދެނީ ކުރިން އޯޑަރު ދިނުމުންނެވެ. ސުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ޑިމާންޑްބޮޑީ ދިވެހި ކެއުން، މުސަންމާ، ކަނޑުކުކުޅު، ބަނބުކެޔޮ ބޮނޑިބަތް، ކުޅިމަސްފަދަ ބާވަތްތަކަށެވެ.

ގޭގައިހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށް ސުނީ ބުނީ ރަނގަޅު އާމްދަނީ އެއް ލިބޭ ކަމަށެވެ. އަދި އޮންނަނީ މަސައްކަތްކުރި ވަރެއް ކަމަށެވެ. އުފައްދާ ބާވައްތަކުގެ ފެންވަރާއި ގުޅޭގޮތުން ސުވާލުކޮށްލުމުން ބުނީ " ރަހަ ބަދަލު ނުވާ ގޮތަށް އަބަދުވެސް މަސައްކަތް މި ކުރަނީ. އަދި  އެންމެ އިސްކަމެއް ދެނީ ކޮލިޓީ އަށް. ގިނައިން ނުހެދޭ ވަރަށް އޯޑަރެއް ނުނަގަން. ގިނަވެގެން 60 މީހުންނަށް އެކަނި ކެއްކިދާނެ. މި ޕެންޑަމިކް ގައި ތަފާތު އޮފީސް ތަކުގެ އެކިއެކި ހަފްލާ ތަކަށް ކެއްކިން، ތިން ފަހަރު އޯޑަރު އެއްތަނަކުން ލިބޭ ތަންތަން އެބަހުރި"

ސުނީ އަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ "ދިވެހިން އުފައްދާ ގިނަ ބާވަތްތައް ބަންގުލަދޭޝް މީހުން އަމިއްލައަށް އުފައްދައިގެން ދިވެހިންނަށްވުރެ އަގުހެޔޮކޮށް އެތަކެތި ވިއްކާތީ. އަމިއްލައަށް ތައްޔާރުކުރާ ބައެއް ތަކެއްޗަށް ހަމަ އަގު ނުލިބޭ" މިއެވެ.

އަމިއްލަ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޒުވާނުންނަށް ސުނީ ބުނީ މިފަދަ މަސައްކަތްތަކަކީ ކުޑަ ފައިސާކޮޅަކުން ފަށައިގެން ބޮޑު އާމްދަނީއެއް ހޯދިދާނެ ކަމެއް ކަމަށެވެ. 10 ރުފިޔާ ޚަރަދު ކޮށްގެން 50 ރުފިޔާ ހޯދިދާނެ ކަމަށާއި އަޖުމަ ބަލާލުން ރަނގަޅުވާނެ ކަމަށެވެ.

ސުނީގެ މަސައްކަތްތަކުގައި މިހާތަނަށް އެންމެބޮޑަށް އެހީތެރިވެދިނީ މަންމައާއި ބައްޕަގެ އިތުރުން 2 ކުދިންނެވެ. އަދި ޢާއިލާގެ އިތުރުން އަމީނާ، ހުއްރިއްޔާ، ފަހީމާ ފަދަ ރައްޓެހިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

+1
0
+1
5
+1
0
+1
3
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް