Advertisement
header ad
XeeTimesXeeTimes
ފޮޓޯ: ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓް Uncategorized

ފޮޓޯ: ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓް

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް އެންޒީ މަސް ފެކްޓްރީ ކައިރީގައި ޕާކުކޮށްފައި އޮތް ކޮންޓެއިނަރ އުފުލާ ޕިކަޕެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:07 ގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ މައުލޫމާތު ދީފައެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއް ނޫނެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވެއެވެ. އެކްސިޑެންޓްވި ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އެކްސިޑެންޓް ގައި ކާރު ދުއްވި މީހާ ޖޫރިމަނާކޮށް ކާރު ވަނީ ޓޯކޮށްފައި ކަމަށާއި، އަދި މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —