Advertisement
header ad
XeeTimesXeeTimes
މައުލޫމާތު: އާދަޔާޚިލާފަށް ރީތި ދެލައްހިކާ Uncategorized

މައުލޫމާތު: އާދަޔާޚިލާފަށް ރީތި ދެލައްހިކާ

މިއީ ރާއްޖޭގެ ފަޅުތަކުގެ ބޭރުން އާންމުކޮށް 40 މީޓަރު ފުން ތަންތަނުގައި ދިރިލުޅޭ މަދުން ފެންނަ ބާވަތެއްގެ މަހެކެވެ. މި ވައްތަރުގެ ދެލައްހިކާ އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށެވެ. ކުދި ކަކުނިތައް އާންމުކޮށް ކައިއުޅޭ  މިވައްތަރުގެ މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 12 ހަރުކައްޓާއެކު 9 ނޫނީ 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށި ހުރެއެވެ.

މިވައްތަރުގެ މަހުގެ ކަރުތާފަތުގެ މަތީ ކަނުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. އަދި ނިގޫފަތުގެ ތިރީގައި ފަނޑު ރަތްކުލައިގެ ލަފެއް ހުރެއެވެ. މި މަހަކީ ގަދަރީނދޫކުލަ އަދި ފަނޑުފިޔާތޮށި ކުލައަކަށް މަހުގެ ދެއަރިމަތީގައި ލޮލުންފެށިގެން ނިގުލާހަމައަށް ރަތްކުލައިގެ ފަނޑު ރޮނގެއް އަދި ރަތްކުލައިގެ ރޮނގުތަކެއް ހުރެއެވެ. ކޮތަރިބައިގެ މަތީކައިރީގައި ކަޅުކުލައަށް ހުންނަ މޫދުމަސް ގެންގުޅޭ މީހުން މަސްޓޭންކުތަކުގައި ގެންގުޅޭ އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ މަހެކެވެ.

މަސްދަރު: ޑައިވްކްލަބް މޯލްޑިވްސް، ޕެޓެސްއެކްއޭރިއަމް 

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —