Advertisement
header ad
XeeTimesXeeTimes
އުމުރުން 40 އަހަރުގެ ހިތްވަރުގަދަ މަންމަ 44 ކުދިން ވިހޭގޮތުގެ ވާހަކަ!

އުމުރުން 40 އަހަރުގެ ހިތްވަރުގަދަ މަންމަ 44 ކުދިން ވިހޭގޮތުގެ ވާހަކަ!

މިއީ ޔުގެންޑާ އަށް އުފަން އުމުރުން 40 އަހަރުގެ މަންމައެއްގެ ވާހަކައެވެ. އޭނާ ބުނާގޮތުން އޭނާ ވަނީ 44 ކުދިން ވިހާފައެވެ.

މާމާ ޔުގެންޑާގެ ނަމުން މަޝްހޫރުވެފައިވާ މިމީހާ ބުނާގޮތުން މިހުރިހާ ކުދިންނަކީ އެކަކުގެ ދަރިންނެވެ.

އެއްވެސް ޚާއްސަ ޑޮކްޓަރީ ފަރުވާއަކާނުލާ މި ހުރިހާކުދިން ލިބުނުއިރު، ފުރަތަމަ ކުދިން ވިހަން ފެށީ އުމުރުން 13 އަހަރުގައެވެ. އެއީ އުމުރުން 12 އަހަރުގައި މައިންބަފައިން ކުރުވި ކައިވެނިން ކަމަށް ވަނީ ބުނެފައެވެ.

Article - in content
Advertisement

" އަހަރެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހިފައިގެން ދިޔަގޮތަށް ފިރިމީހާ ވަނީ ގެއްލިފަ. އަހަރެންނަކީ މިހާރު އެކަނިވެރި މައެއް" މި އަންހެންމީހާއާ ގުޅޭގޮތުން ޖޮއި ނަމަކަށް ކިޔާ މީހަކު ތައްޔާރުކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.  

44 ކުދިންގެތެރެއިން 6 ކުދިން ވަނީ މަރުވެފައެވެ. މިހާރު ދުނިޔޭގައިތިބީ 22 ފިރިހެން ކުދިންނާއި، 16 އަންހެން ކުދިން. ހެޔޮއެދޭ މީހަކު ވަނީ މިކުދިން ނިދުމަށް ބަންކްބެޑް ހަދިޔާކޮށްފައެވެ. ކޮންމެ ދެކުއްޖަކު އެއް އެނދުގައި ނިދާއިރު އަންހެން ކުދިންނަށް ވަކި ޚާއްސަ ކޮޓަރިއެއް ހުންނައިރު ކުޑަކުދިންނަށް ޚާއްސަ ކޮޓަރިއެއްވެސް ހުންނަ ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން 12 އަހަރުން މަތީގެ ފިރިހެން ކުދިންނަށް ޚާއްސަ ކޮޓަރިއެއްވެސް މިގޭގައި ހުރެއެވެ. 

އަބަދުވެސް ހިނިތުންވުމާއެކު ވާހަކަ ދައްކަމުންދިޔަ މި ހިތްވަރުގަދަ އަންހެން މީހާ ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާގޮތުގައި އޭނާއަކީ ވަރަށް ފަސޭހައިން ދަރިމައިވާ މީހެކެވެ. 

" މީގެ ތެރޭގައި އެއްމާބަނޑު 2 ކުދިން 4 ފަހަރު ލިބިފައިވޭ، އެއްމާބަނޑު 3 ކުދިން 5 ފަހަރު އަދި އެއްމާބަނޑު 4 ކުދިން 5 ފަހަރު ލިބިފައިވޭ. ހުރިހާ ކުދިން ދިރިއުޅެނީ އެއްގެއެއްގައި. ހުރިހާ ކުދިންނަށް ވެސް ތައުލީމް އުގަންނައި ދިނުމަށް ދަނީ މަސައްކަތްކުރަމުން"

އާއިލާ ރޭވުމަށްޓަކައި އޭނާ ހޯދި އެއްވެސް ފަރުވާއެއް ކާމިޔާބު ނުވާ ކަމަށް ވަނީ ބުނެފައެވެ. ފަހަރެއްގައި މިއީ ޒުވާން އުމުރެއްގައި އެންމެގިނަ ކުދިން ލިބުނު މަންމައަށް ވުން އެކަށީގެންވެއެވެ. އަދި އެކަނިވެރި މައެއްގެ ގޮތުގައިހުރެ 38 ކުދިން ބެލުމުގައި އޭނާ ދަނީ ނަމޫނާ ދައްކަމުންނެވެ. 

 

މައުލޫމާތު: ލެޖިޓް (ނައިޖީރިއަން ނިވްސް)

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Nijal 29ނޮވެމްބަރ2021

,omg. Bandubodubnoon ireh nudhaane thaa mi anhenaa. Kon kahala firieh tha. Laari kolhu hifaigen 38 kudhin dheefa fily 2

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —