January 19, 2025 13:24
Advertisement

-Advertisement-

އެޗްޑީސީގެ ލޭންޑްސްކޭޕް އާކިޓެކްޓުންގެ ޓީމުގެ ބައެއް ބައިވެރިން

ހުޅުމާލޭގެ ހިތްގައިމުކަމުގެ ފަހަތުގައި ވަނީ މިފަދަ ހުނަރުވެރިންގެ މަސައްކަތް!

މާލެ ސަރަހައްދުގައި ހުޅުމާލެ ވަރަށް ގިނަ ގޮތްގޮތުން ތަފާތެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދަނީ ދުރުވިސްނުމާއެކު ބަޔަކު ކުރަމުން އަންނަ ބުރަ މަސައްކަތެވެ. ހުޅުމާލެ ހިއްކުމުން ފެށިގެން މީހުން އާބާދުވެ މިވީ ދުވަސްތަކުގަ ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްވެސް ތަރައްގީކޮށްފައިވަނީ ރޭވުންތެރިކަމާއެކުގައެވެ.
ހުޅުމާލޭގެ ހިތްގައިމުކަމާއި ހިތްފަސޭހަކަމާއި ރީތިކަމުގެ ފަހަތުގައި ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 'ލޭންޑްސްކޭޕް އާކިޓެކްޓުން'ގެ ބުރަ މަސައްކަތެވެ. މި ޓީމުގެ އެންމެ މުހިންމު މަސައްކަތަކީ އާންމުކޮށް ހުންނަ ޖާގަތައް މީހުންގެ ހިތްހަމަޖެހުން ލިބޭނެފަދަ ގޮތަކަށް ފެހިކޮށް، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އެކި ކުޅިވަރުތައް ކުޅެ އުޅެވޭ ފަދަ ހިތްގައިމު ތަންތަނަށް ބަދަލުކުރުމެވެ.

އެޗްޑީސީގެ ލޭންޑްސްކޭޕް އާކިޓެކްޓުންގެ ޓީމުގެ ބައެއް ބައިވެރިން/ ފޮޓޯ:އެޗްޑީސީ

" އެމީހުން ބޭނުންކުރަނީ ތިމާވެއްޓާއި ރައްޓެހި ކޮންސެޕްޓްތަކެއް. ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަކީ މިޓީމުގެ އެއް އަމާޒު. އާންމުކޮށް ފެންނަން މިހުންނަ ހުސް ތަންތަން އަމިއްލަ ޚިޔާލާ އެއްގޮތަށް ހުރިހާ އުމުރަކަށް ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރުމަކީ ޝައުގުވެރިކަމެއް" އެޗްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.

އިންސާނީ ދުޅަހެޔޮކަމަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތެއްގައި ހިތްހަމަޖެހޭފަދަ މާހައުލަކަށް ތަންތަން ބަދަލުކުރުމަށް މިޓީމުން ކުރި މަސައްކަތް ފެންނަން ހުރިއިރު މިމަސައްކަތުގެ ފަހަތުގައި ވަނީ އެއަށްވުރެ މާބުރަ މަސްއޫލިއްޔަތުތަކެކެވެ. އޭގެތެރޭގައި މިސާލަކަށް ޕާކަކަށް ބަލާނަމަ އެޕާކެއްގައި ބަހައްޓާފަހުރި ބެންޗުތަކުގެ ބާވަތް ނިންމުމުން ފެށިގެން އިންދާނެ ގަސްތައް ކަނޑައެޅުމަކީ ވެސް މިޓީމުގެ މެންބަރުންގެ ޒިންމާއެކެވެ.

Advertisement

" ހުޅުވާލެވިފައިވާ ތަންތަނުން ކުރެވޭ ކޮންމެ ތަޖުރިބާއަކީ އަޅުގަނޑުމެންގެ ޓީމުން ޑިޒައިންކޮށްފައިވާ ކަންކަން. އާންމުންގެ ޚިޔާލުތަކަށް ވިސްނައިގެން ޑިޒައިންކުރާއިރު މިއީ ފަސޭހަ މަސައްކަތެއް ނޫން. މިގޮތަށް ތަރައްގީކުރާ ތަންތަނަށް ކުނިއުކާފަ ނުވަތަ އެތަންތަން ހަލާކުކޮށްފަ ހުރުމަކީ ހިތާމަކުރާ ކަމެއް. މިތަންތަން ސާފުކޮށް ރީތިކޮށް ބޭއްވުމަށް ހުޅުމާލެ ސާފުކުރުމަށް މަސައްކަތްކުރާ ޓީމަކާއި ހަވާލުކޮށްފައިވީނަމަވެސް އާންމުންގެ އެހީތެރިކަން ވެސް ބޭނުންވޭ". އެޗްޑީސީ އިން ފާހަގަކުރިއެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުން ފެށިގެން ތަރައްގީކޮށްފައިވާ އިތުރު ކުދިކުދި ޕާކުތަކުން ވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ގުދުރަތީ ހިތްގައިމުކަމެއް ހޯދުމަށް ގިނަ ބަޔަކު މިތަންތަން ބޭނުންކުރާއިރު މިއުފާވެރިކަން ހޯދައިދިނުމަށް ބުރަކޮށް މަސައްކަތް ކުރާ ޓީމުގެ މެންބަރުންނަށް ޝުކުރުވެރިވުން ހައްގެވެ.

އެޗްޑީސީގެ ލޭންޑްސްކޭޕް އާކިޓެކްޓުންގެ ޓީމުގެ މަސައްކަތް ހަމައެކަނި ފެންނަނީ ހުޅުމާލެއިން އެކަންޏެއް ނޫނެވެ. މިޓީމުގެ މަސައްކަތް މިއަށްވުރެ ފުޅާކޮށް ދަނީ ފެންނަމުންނެވެ. ފުވައްމުލައް ސިޓީގެ މަގުމަތީގެ މަންޒަރުތައް ޑިޒައިން ކުރުމަށް މިޓީމުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، ފަރުކޮޅުފުށީގައި ހުންނަ ހެރިޓޭޖް ޑިސްޓްރިކްޓަކީ ވެސް މުޅިން ތަފާތު މަސައްކަތެއް ކަމަށް އެޗްޑީސީއިން ވަނީ މައުލޫމާތު ދީފައެވެ. އަދި ކ.ކުޑަގިރީގެ ލޭންޑްސްކޭޕް ޑިޒައިން ކުރުމުގަވެސް މިޓީމު ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

+1
0
+1
1
+1
4
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް