November 23, 2024 16:42
Advertisement

-Advertisement-

ތަރައްގީ ކުރަމުން އަންނަ ކުޑަގިރި

ކުޑަގިރި: ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށް

ކުޑަގިރި ޕިކްނިކް އައިލެންޑް އަކީ މާލެ ކައިރިން ދަތުރު ދިއުމަށް ތަރައްގީކުރަމުން އަންނަ ރަށެކެވެ. ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގެ މާސްޓަރ ޕްލޭން އެކުލަވާލައިފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޕްލޭނިންގ ޑިޕާޓްމެންޓުންނެވެ.

ކުޑަގިރި އަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން ހަޓުތަކާއި، ފާޚާނާބަރި ފަދަ ތަންތަން ވަނީ އެކުލަވާލާފައެވެ.

" މިރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭން ކުރެވިފައިވޭ. ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން މި މަސައްކަތް ދަނީ ކުރަމުން. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފަ". އެޗްޑީސީ އިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި، ކުނި ރަށުން ބޭރުކުރާނެގޮތުގެ ކަންތައްތައް ސަރުކާރުގެ އޮތޯރިޓީތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ. ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުންފަދަ ކަންތައްތައް ވަނީ ނިމިފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭނާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ވަނީ ޑިޒައިން ކޮށްފައެވެ. އަދި އެޗްޑީސީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ޤާއިމްކޮށް ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކުޑަގިރި ތަރައްގީކުރަމުން ދަނީ އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލެއްގެ ގޮތުގައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް