November 24, 2024 04:30
Advertisement

-Advertisement-

މައިންނަށް ފެން ނުދެނީވިއްޔާ ސޫތްޕަކަށްވެސް ވެދާނެ!

'ދިވެހީންގެ ވާހަކަ' ފޮތުގައި ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ފަޟީލަތުއްޝައިހު ހުސައިން ސަލާހުއްދީން ލިޔުއްވައިފައިވާ ޢިބްރަތްތެރި ލިޔުއްވުމެއްގައި ވެއެވެ.

ބިންމަތީގައި ވަޅުޖަހައިގެން އުޅޭ، ހިންޗިއެއްގެ ދިގުމިން ހުންނަ މާބަނޑުބޮޑުކޮށް އޮންނަ ހަފައި ފަޅައިފައި ހުންނަ އެއްޗަކަށް ދިވެހީންގެ މީހުން އިހުއްސުރެ ކިޔައި އުޅެނީ މައިންނަށް ފެން ނުދޭ ސޫތްޕެވެ.

މިވާހަކައާއި މެދުގައި އެމީހުން ކިޔައިއުޅޭގޮތަކީ ދަރިޔަކުގެ މަޔަކު ބަލި ހާލުގައި ތަންމަތީގައި އޮވެގެން ދަރިފުޅާ ފެންފޮދެއް ދެހެރޭ ގޮވީމާ.. އެކުއްޖާ އަޅާނުލާ ނުކުމެގެން ދަނިކޮށް މައިމީހާ ބުންޏޭ.. ތިޔައެތި ސޫތްޕަކަށް ވެދާށިތޯއްޗެކެވެ. ދެން އެކުއްޖާ ގޭދޮށަށް އައިއިރު މައިމީހާ އޮތީ މަރުވެފައެވެ. ކުއްޖާވީ މައިންނަށް ފެން ނުދޭ ސޫތްޕަކަށެވެ..

Advertisement

މިވާހަކައަކީ ދިވެހީން ކިޔާއުޅުނަސް އަހްލުކިތާބީންގެ ކިބައިން ކޮންމެވެސް ގޮތަކުން އިވިގެން ކިޔައިއުޅޭ ވާހަކައެއް ކަމުގައި ނޫނީ ނުވާނެއެވެ. މިހެނީ އެޒާތްޒާތުގެ ބޮޑެތި ފާފަކުރުމުން ދުނިޔޭގައި އެމީހާގެ ސިފަ ބަދަލުކުރެއްވުމާއި ހިލަގަނޑަކަށްވުމާއި މިކަހަލަ އަޒާބުތައް ދެއްވުންވަނީ ކައުއިތުރު ރަހުމަތުއްލިލްއާލަމީން ރަސޫލުކަމާއި ފޮނުއްވައި ބަޤަރާ ސޫރަތުގެ ފަހަތު ތިން އާޔަތް ބާވައިލެއްވުމަށްފަހު މިއުންމަތުގެ ކިބައިން އުފުއްލަވައިފައެވެ.

މައިންބަފައިންނަށް ނުބައިވުމީ އެއިގެ ސުންޕާކަން މިޒަމާނުގައިވެސް ދުނިޔެމަތީގައި އެގޮތް މިގޮތުން ފެންނަކަމެކެވެ. އާޚިރަތުގެ އަޒާބު އަދި ވަކިން ބޮޑުވެގެންވެއެވެ.

އެދުރުމާފަތްކަލޭގެފާނު ބޮޑުތަވްޙީދުގައިވެސް ކިޔުއްވައިފައިވެއެވެ.

މައިންބަފައިންނަށް ނުބައިނަމަ

    އައިކަމެކެ ދުނިޔައިން ބުހުރި

         ކައިގެނަރަ އަޒާބު ހުރި

މައިމީހާ އަށް ފެން ނުދީފިނަމަ ބަދަލުވާނީ މިވައްތަރުގެ ސޫތްޕަކަށް ކަމަށް ދުވަސްވީމީހުން ބުނެއުޅޭ

އުމުރުން ދުވަސްވީ މީހުން ފާހަގަކުރާގޮތުގައި ހުސައިން ސަލާހުއްދީން އެއިޝާރާތް ކުރެއްވި ސޫތްޕަކީ ރަށުތެރޭގައި ހުންނަ ކިލާފެންގަނޑުތަކުގައި ބިރުވެރި ނުތާހިރު ސިފައަކަށް ހުންނަ އެއްޗެކެވެ. މައިމީހާއަށް ފެން ނުދީފިނަމަ ސޫތްޕަކަށް ބަދަލުވާނެއޭ ބުނުމުން އެކަމާ ބިރުންވެސް މައިމީހާއަށް ހެޔޮކޮށްހިތުމަށް ކުދިން އިސްކަންދޭ ކަމަށް ބައެއް ދުވަސްވީ މީހުން ބުނެއެވެ. އަދި ފެން ފޮދަކަށް ދުރުހިލޭ މީހަކު އެދުނަސް ނުދީ ނުހުންނާށޭ މުސްކުޅިން ބުނެއުޅޭ އަޑު އިވެއެވެ. 

މި އިބްރަތްތެރި ވާހަކައިން ބުނެދެނީ މައިންނަށް އަޅާލުމާއި ލޯބި ދޭންޖެހޭކަމެވެ. މައިންނާމެދު ނުބައިކޮށް އަމަލުކުރާ މީހުންނަށް ވަގުތުން ވަގުތަށް އެކަމުގެ އަޒާބާއި ހިތިކަން ނުފެނުނަސް އެމީހުންނަށް ހައްގު އަދަބު ލިބޭނެ ދުވަހެއް އޮތްކަން ވިސްނަންޖެހޭކަމެވެ.

މައިންބަފައިންނާމެދު އިހުމާލުވާ މީހުން މިޒަމާނުގައިވެސް މަދެއް ނޫނެވެ. އެފަދަ މީހުންގެ އަމަލު އިސްލާހު ކުރަންޖެހެއެވެ.

+1
1
+1
1
+1
4
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް