November 28, 2024 03:23
Advertisement

-Advertisement-

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް- މިކަމުގެ ފައިދާ ލިބޭނީ އާންމުން ސަމާލުވެގެން

ހުޅުމުލޭގައި ދިރިއުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ޓަވަރުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ގިނަ މީހުން އުޅެއެވެ. އެފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން ފުލެޓުތަކެއް ދީފަ ހުރުން މިއީވެސް އެ ޓަވަރުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަ އަދަދަކަށް އުޅޭ އެއް ސަބަބެވެ.

މަދު އަދަދެއްގެ ދިވެހީންގެ އާދަކާދަތައް ހުންނަ ގޮތުން ބައެއްފަހަރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޭނުންތަކަށް އިސްކަން ނުދެވޭފަހަރު އާދެއެވެ. މަގުމަތީގައި ވީލްޗެއަރ ރޭމްޕްތަކެއް ހަދާފަ ހުއްޓަސް އެތަނުގެ އެއްބައަށް އަރާގޮތަށް ސައިކަލު ޕާކްކޮށްފަ ހުރުން ނުވަތަ ފިހާރަތަކަށް ގެންނަ މުދާފަދަ ތަކެތި ނުވަތަ ކުނިކޮތަޅުފަދަ ތަކެތި ބަހައްޓާފަ ހުންނަ މަންޒަރު މަދުންނަމަވެސް ވަނީ ފެނިފައެވެ. ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން މިފަދަ ކަންތައްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަވެސް އެބަހުއްޓެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Advertisement

" ހުޅުމާލެ ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއަރ ރޭމްޕް ޤާއިމްކުރުމުގެ ގޮތުން މި ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން. ބްލޮކް އެޅުމުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފަ. ހިޔާ ބީޗް ސަރަހައްދުގައި ރޭމްޕް ޤާއިމު ކުރުމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ". އެޗްޑީސީ އިން މައުލޫމާތު ދިނެވެ.

މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. މި ސަރަހައްދަށް އާއިލާއާއިއެކު މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ވީލްޗެއަރ ރޭމްޕް ޤާއިމުކުރުމުގެ ސަބަބުން އުނދަގުލެއްނެތި މޫދަށް އެރިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ރޭމްޕް ޑިސެމްބަރ މަހުގެ ފަހުކޮޅުގައި ބޭނުންކުރެވިގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންނޫނީ ވީލްޗެއަރގައި މޫދާއި ހަމައަށް ދާން ޖެހޭނީ ކޮންމެވެސް ބައެއްގެ އެހީތެރިކަން ލިބިގެންނެވެ. 

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގު ކަށަވަރުވެ ބޭނުންވާފަދަ ދިރިއުޅުމެއް ހޯދައިދެވޭނީ އާންމުންގެ އެހީތެރިކަމާއެކުގައެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަމުންދާ ވީލްޗެއަރ ރޭމްޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެ ގޮތަކަށް އާންމުންގެ އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމެވެ. 

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް