ދަތުގެ ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ފެމިލީ ޑެންޓަލް ކެއާ އަކީ މާލެ ނިރޮޅުމަގު، ގ. ސަންއީސްޓްގެ ދެވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ކުލިނިކެކެވެ. މިކުލިނިކުގައި ފަރުވާދޭ ޑޮކްޓަރުންގެ ތެރޭގައި 25 އަހަރުގެ މިދާއިރާގެ ތަޖުރިބާހުރި ޑޮކްޓަރެއްވެސް ހިމެނެއެވެ. ތަޖުރިބާކާރު ޑޮކްޓަރުން ފަރުވާދިނުމުން ދަތްތަކަށް ދިމާވާ މައްސަލަތަކަށް ތަޖުރިބާގެ އަލީގައި އަވަސް ހައްލެއް ހޯދައިދެވެއެވެ.
މިމަހު 13 އިން 21 އަށް ލިބޭ ސްކޫލު ބަންދުގައި ފެމިލީ ޑެންޓަލް ކެއާއިން ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
30 އިންސައްތަ ޑިސްކައުންޓް ލިބޭ ފަރުވާތަކުގެ ތެރޭގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތް ހުދުކުރުން، ދަތްތައް ޕޮލިޝްކޮށް އޮފްކޮށްދިނުމާއި ދަތްތައް މަރާމާތުކޮށް ރީތިކޮށްދިނުން ހިމެނެއެވެ. އަދި މިނޫނަސް ދަތުގެ ހުރިހާ ފަރުވާއަކަށް ބޮޑު ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލިބެންހުރި ފަރުވާތައް:
- ސްކޭލިންގ އެންޑް ޕޮލިޝިންގ (ދަތް ސާފުކުރުން)
- ރޫޓު ކޭނަލް ޓްރީޓްމަންޓް
- މެޓަލް ސެރަމިކް ކުރައުން
- ޒާކޯނިއާ ކުރައުން
- ފިކްސްޑް ޕާޝަލް ޑެންޗާ
- އާރުޕީޑީ
- ކޮމްޕްލީޓް ޑެންޗާ
- ދަތް އުފުރައިދިނުން
- ކޮމްޕޮސިޓް ފިލިންގ
- ގްލާސް އަޔޮނޯމާ ފިލިންގ
- ނަރުއެޅުވުން
ދަތުގެ ފަރުވާދޭ ގިނަ ކުލިނިކުތަކެއް މާލޭގައި ހުރިކަމުގައިވިއަސް އަގުބޮޑުވުމުން މިފަދަ ފަރުވާ ހޯދުމަކީ އާންމުންނަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ. އެހެންވުމުން ފެމިލީ ޑެންޓަލް ކެއާ އިން މި ހުޅުވާލި ފުރުސަތަކީ ފަރުވާ ހޯދުމަށް ބޭނުންވެ ފަރުވާ ނުލިބިތިބި މީހުންނަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ. މި ކުލިނިކުގެ އަމާޒަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަގުހެޔޮކޮށް ފޯރުކޮށްދިނުން ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އާސަންދައިގެ އިތުރުން، އެމްއެންޑީއެފް އަދި ޕޮލިސް، ސޮލަރެލް އިންޝުއަރެންސްގެ ދަށުން މި ކުލިނިކުގެ ފަރުވާ ހޯދޭނެއެވެ.
ފެމިލީ ޑެންޓަލް ކެއާއިން އެޕޮއިންޓްމެންޓް ހެދުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7954089
ކުލިނިކްގެ ފޭސްބުކް ޕޭޖް Family Dental Care