November 23, 2024 21:11
Advertisement

-Advertisement-

މީހެއްގެ ބަނޑުގައި އުފެދިފައި ހުރި ސިސްޓެއް

އައިވީއެފް ފަރުވާ ހޯދުމަށް އާސަންދަ ހަމަޖައްސަން ޑރ. މުޢިއްޒު ނިންމެވުން: ހިތާމައަށް ލިބޭނެ ލުޔެއް!

ކައިވެނި ކުރުމަށްފަހު ލޯބިލޯބި ކުދިންކޮޅަކާއެކު އުފަލުގައި ދިރިއުޅެން ބޭނުންވާނެއެވެ. އެކަމަކު އެއުފަލުން މަހްރޫމްވެފައިވާ ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި އެބައުޅެއެވެ. 'ޕީސީއޯއެސް' އަދި 'އެންޑޮމެޓްރިއޯސިސް' ހުރުމުގެ ސަބަބުން ދަރިން ހޯދުމަށް އުދަގޫވެ އެކަމުގެ ވޭން އުފުލާ މީހުން ތިބިއިރު މިފަދަ އާއިލާތަކަށް ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ފައިސާ އެވަރަށް ނެތުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ސިސްޓް މައްސަލައަކީ އެއްފަހަރު އޮޕަރޭޝަން ކޮށްގެން ރަނގަޅުނުވެ ތިން ހަތަރު ފަހަރުވެސް އޮޕަރޭޝަންކޮށް ދިގުމުއްދަތަކަށް ބޭސްކުރަން ޖެހޭފަދަ ކަމެކެވެ.

އައިވީއެފް ފަރުވާ ކުރިއަށްދާގޮތް/ ފޮޓޯ: ވެރީވެލް ފެމިލީ

'ޒީޓައިމްސް' އަށް މެސެޖްކުރި މީހަކު ވެސް ވަނީ އަންހެނުންނަށް ދިމާވާ މިފަދަ ސިއްޙީ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. " އަޅުގަނޑަކީ ސިސްޓް ހުރެގެން އެވޭން ތަހައްމަލުކުރާ މީހެއް. ކާކުކަން ނޭނގޭނެ ގޮތަކަށް ފަންޑްރައިސް ކުރުމަށް އެހީތެރިވެވިދާނެތޯ؟ މިބައްޔަށް ސަރުކާރުގެ އެހީތެރިކަން ނުލިބޭ" ފަރުވާ ހޯދަން ބޭނުންވެ އެފަރުވާގެ އަގުބޮޑުވުމުން އެހީތެރިކަމަށް އެދެން ބޭނުންވި މިމީހާ ލިޔެފައިވެއެވެ.

އަންހެނުންނަށް ދިމާވާ މިފަދަ ސިއްޙީ މައްސަލަތަކަކީ ވޭންހުރި އަދި ހަށިގަނޑުގެ ބޭރުފުށުންވެސް އެއަންނަ ބަދަލު ދެނެގަނެވޭފަދަ ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހޭ ކަމެކެވެ. ދަރިމައިނުވުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް މީހާއަށް އޭގެ އަސަރު ކުރެއެވެ. އެ ހިތްދަތިކަން ދިގުދެމިގެންގޮސް ފަރުވާ ނުލިބި އެންމެފަހުން ދެމަފިރިން ވަކިވާ ހިސާބަށްވެސް ދެއެވެ.

Advertisement

އުފާވެރި ޚަބަރެއް:

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރަން ބޭނުންވާ ކަންތައްތައް 'ހަފްތާ 14' ނަމުގައި ރޭގެ ވަގުތެއްގައި ވަނީ އިޢުލާން ކުރައްވާފައެވެ.

" 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީސީއޯއެސް' ފަދަ އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް ޚާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން" ސިއްޙީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ކޮށްދެއްވާނެ ކަންތައްތަކުގެތެރޭގައި ފާހަގަކުރައްވާފައިވެއެވެ.

އިތުރު ތަފްސީލް ދެމުން ރޭގެ ޖަލްސާގައި ހާމަކޮށްފައިވާގޮތުގައި ދަރިމައިވުމާއި އެކަންކަމާއި ގުޅުންހުރި ފަރުވާއާއި އައިވީއެފް ޓްރީޓްމަންޓް ބޭނުންވާ އަންހެނުންނަށް އެ ޚިދުމަތަށް އާސަންދަ ލިބޭނެ އިންތިޒާމް އެދެވޭ އަވަސްމިނުގައި އަލަށް އުފެދޭ ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

އައިވީއެފް ފަރުވާ މިއަހަރާއި ހަމައަށް ދިވެހީން ހޯދަމުން އައީ ރާއްޖެއިން ބޭރުންނެވެ. އަހަރެއްހާ ދުވަހު ރާއްޖެއިން ބޭރުގައި މަޑުކޮށްގެން އައިވީއެފް ފަރުވާ ފުރިހަމަކޮށް ބައެއް އާއިލާތަކަށް ދަރިން ލިބުނަސް އަނެއްބައި އާއިލާތަކަށް ދެފަހަރު ތިންފަހަރުންވެސް ފަރުވާއިން ކުރި ލިބިފައިނުވެއެވެ.  

ފަރުވާއާއި ހުރުމާއި އެހެނިހެން ޚަރަދުތަކަށް މަދުވެގެން ދެތިންލައްކަ ރުފިޔާ ޚަރަދުކުރަމުން އައި މީހުންނަށް އާސަންދަ ވެގެންދާނީ ލިބޭނެ ވަރަށް ބޮޑު އުފަލަކަށެވެ. އައިވީއެފް ފަރުވާ މިއަހަރުގެތެރޭގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ދޭން ވަނީ ފަށާފައެވެ.

+1
2
+1
5
+1
6
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް