October 5, 2024 12:04
Advertisement

-Advertisement-

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދިޔަ 50 މީހުން: މިވަރުގެ ނިޢުމަތެއް ލިބުނީތީ އުފަލުން ފޮޅިފައި

ޙައްޖުގެ އަޅުކަމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ޙައްޖަށް ދިއުމަކީ ކޮންމެ މުސްލިމަކުވެސް ދެކޭނެ ހުވަފެނެކެވެ. އެހެންނަމަވެސް އެނަސީބު ލިބެނީ މަދު އަދަދެއްގެ މީހުންނަށެވެ. ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވުމުން މިމަތިވެރި އަޅުކަން އަދާކުރުމަށް މުޅި އުމުރަށް ފައިސާ ރައްކާކުރާ މީހުންވެސް އުޅެއެވެ.

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތް ރިޔާސީ ވަޢުދުގެ ދަށުން ފުރަތަމަ ހައްޖަށްދާ 50 މީހުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އިއްޔެ ވަނީ ރާއްޖެއިން ފުރާފައެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ހައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ އިޢުލާނު ކުރައްވާފައެވެ.

Advertisement

ޙައްޖަށް މިއަހަރު ފުރި 3 ވަނަ ގުރޫޕް ފުރުވުމަށް އެއަރޕޯޓަށް ވަޑައިގެން 'ޕީއެސްއެމް ނިއުސް' އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 50 މީހުން ފޮނުވީ ޒަކާތު ފަންޑުގެ ފައިސާއިން ނޫން ކަމަށެވެ. އަދި މި 50 މީހުން ފޮނުވީ ދައުލަތުގެ ޚަރަދުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

މިފަހަރު ހިލޭ ޙައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުން ތިބީ ވަރަށް އުފަލުންނެވެ. މިގޮތުން އެމީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެ އިހުސާސްތައް ހިއްސާކޮށްފައެވެ.

" ޙައްޖަށް ދިއުމުގު ފުރުސަތު މަގުފަހިކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދަންނަވަން. އަޅުގަނޑަކީ ވަރަށް ބޮޑު އެކަނިވެރިއެއް. މިއީ ލިބޭނެކަމަށް ދުވަހަކު އުންމީދު ކުރި ފުރުސަތެއް ނޫން. އެކަމަކު މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަން. ﷲ އަށް ހަމްދުކުރަން". ޙައްޖަށް ދިއުމަށް ފުރަންގޮސް ހުރި މީހަކު ވަނީ ބުނެފައެވެ.

70 ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ ދައްކައިގެން އެތައް ދުވަހެއްގެ އިންތިޒާރުގައި ތިބެގެން ނޫނީ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ނުލިބެއެވެ. އެހެންވުމުން ހިލޭ މިފުރުސަތު ލިބުމުން އެންމެންގެ މޫނުން ވެސް ފެނިގެންދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. ހުރިހާ ޙައްޖާޖީންނަށް ދަރުމައާއި ސަވާބު މިންވަރު ކުރައްވާށި! އާމީން!

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް