October 5, 2024 11:49
Advertisement

-Advertisement-

އުރީދޫ ފަން ރަން އުފަލާއި ފޯރީގައި ބާއްވައިފި

އުރީދޫ ފަން ރަންގައި ބައިވެރިވުމަށް އިންތިޒާރު ކުރާ އެތައް ބަޔަކު އުޅެއެވެ. ފޯރިގަދަ ހަރަކާތްތަކާއެކު މިފަހަރު ރަން ބޭއްވި މި ޖުލައިމަހުގެ 5 ވަނަ ދުވަހު ލ. އަތޮޅުގައެވެ.

ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް ކުރިއަށްގެންދިޔަ އުރީދޫ ފަން ރަންގައި 1500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މިފަހަރުގެ ރަންގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި " ޕީއެސްޖީ" ގެ ލެޖެންޑް ޖޭޖޭ އޮކާޗާ ގެ ބައިވެރިވުމެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް އަދި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

6 އަހަރުން މަތީގެ ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތް 5 ކިލޯމީޓަރުގެ މިދުވުމުގައި އެކި އުމުރުގެ މީހުން އުފަލާއެކު ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ދުވުމުގެ ބައިވެރިންގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

އެކުވެރިންނާއި އާއިލާއާއެކު މަޖާވަގުތުކޮޅެއް ހޭދަކުރުމަށް އުރީދޫ ފަން ރަން މިއީ ހަމަ އެއްވަނައިގެ ހަރަކާތެކެވެ. ގިނައިރު ދުވަން އުދަގޫ މީހުން ރަން ނިންމާލީ ހިނގާފައެވެ. ކުޑަކުދިންނަށް އެންމެ މަޖަލީ ކުލަޖަހާ ވަގުތުކޮޅެވެ. އުރީދޫ ފަން ރަން އަބަދުވެސް ފާހަގަކުރެވެނީ ކާމިޔާބު ހަރަކާތެއްގެ ގޮތުގައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް