November 23, 2024 06:26
Advertisement

-Advertisement-

އޮފީސް ގަޑީގައި ނިދި އަންނަނީތަ؟ މިއޮތީ ހައްލު!

އޮފީސް ގަޑީގައި ނިދިއައިސް މަސައްކަތް ރަނގަޅަށް ނުކުރެވޭ މީހުންނާއި ދިމާވެއެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަމަށް ހައްލެއް ހޯދާނެ ގޮތެކެވެ. އިރުއިރުކޮޅާ ކޮފީ ބޯ މީހުން ވެސް އުޅެއެވެ. އެކަމަކު މިއީ ދާއިމީ ހައްލެއް ބޭނުންވާކަމެކެވެ.

ތިރީގައި މިވަނީ މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ގިނައިން ފެންބުއިން

Advertisement

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމުން ހަށިގަނޑު ހަރަކާތްތެރިވުމަށް ފަސޭހަވެއެވެ. ވަރުބަލިކަން އެވަރަށް އިހުސާސް ނުވާނެއެވެ. ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަރަށް ފެން ނުބޯނަމަ ސިކުނޑި އެންމެ އެދެވޭ މިންވަރަށް މަސައްކަތް ކުރުމަށް ދަތިވެއެވެ. އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބުއިމަށް ބޭނުންކުރެވިދާނެއެވެ.

2. މަސައްކަތްކުރާ ތަނުގެ ފިނިމިން ދަށްކުރުން

އޮފީސް މާހައުލު މާބޮޑަށް ފިނިނަމަވެސް ނިދި އަންނަ ގޮތް ވެދާނެއެވެ. އޭސީގެ ފިނިމިން މެދުމިންވަރެއްގައި ބެހެއްޓިދާނެއެވެ. އެވަރުންވެސް ފިނިވާނަމަ އަބަދު އިށީނދެގެން އިނުމުގެ ބަދަލުގައި ކުޑަދޮރުކައިރިއަށް ނަމަވެސް ނުކުމެ ގުދުރަތީވައި ލިބޭތަނެއްގައި އިރުކޮޅަކު މަޑުކޮށްލާށެވެ. އެއިރުން ސިކުނޑިއަށް ތާޒާކަން ލިބި ހިތްހަމަޖެހޭނެއެވެ.

3. ފިނިފެނުން މޫނު ދޮވެލުން

މޭކްއަޕް ކުރާނަމަ މިއީ އުދަގޫ ކަމަކަށް ވެދާނެއެވެ. އެކަމަކު ފިނިފެނުން މޫނު ދޮވެލުމުން މީހާއަށް ތާޒާކަން އިހުސާސް ވާނެއެވެ.

4. ހަކުރު ހިމެނޭ ބުއިންތައް މަދުކޮށްލުން

ބައެއް މީހުންނަކީ އޮފީސް މާހައުލުގައިވެސް ގިނަ އަދަދަކަށް ތައްޔާރީކާނާއާއި ބުއިންތައް ބޭނުންކުރާ ބައެކެވެ. މީގެ ސަބަބުން ހަކުރުގެ މިންވަރު މާގިނަވެ ހަށިގަނޑު ކަންނެތްވުމަށް މަގުފަހިވެއެވެ. އެހެންވުމުން އޮފީސް މާހައުލުގައި މަސައްކަތްކުރާހިތް ނުވެ ނިދަން ބޭނުންވެއެވެ.

5. އޮފީހުގައި ކުރަން ޖެހޭ މަސައްކަތުގައި އިސްކަންދޭ ތަރުތީބެއް ގެންގުޅުން

އޮފީހަށް ދާގޮތަށް އެންމެ ފުރަތަމަ އެންމެ އަވަހަށް ކުރެވޭ މަސައްކަތްތައް ނިންމާލާށެވެ. އެއިރުން މަސައްކަތުގެ ތެރެއިން ބޮޑުބައެއް ނިމުނުކަމުގެ އިހުސާސް ކުރެވޭނެއެވެ. އަދި އެހިތްހަމަޖެހުމާއެކު ބާކީހުރި މަސައްކަތްތައް ނިންމާލުމަށް އަޒުމްކަނޑައަޅާ އިތުރު ހިތްވަރަކަށް ވެއެވެ.

6. ވަގުތަށް ފަރުވާތެރިވުން

ވަޒީފާ އަދާކުރާއިރު ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. މަސައްކަތް ފަށަންޖެހޭ ގަޑީގައި ފަށާ ކޮންމެ ދުވަހަކުވެސް އެނިންމަންޖެހޭ ގަޑިއަށް މަސައްކަތް ނިންމާށެވެ. އެއިރުން މަސައްކަތް ފުނިޖެހިފައި ހުރުމުގެ ބަދަލުގައި ހިތްހަމަޖެހުން ލިބޭނެއެވެ. އެހެންނޫނީ ތިމާއާއެކު މަސައްކަތްކުރާ އެހެން މީހުންގެ ނުރުހުމާ ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ. ސަބަބަކީ މުވައްޒަފުން އޮފީހަކަށް ނެގުމުގެ ބޭނުމަކީ އެއޮފީހުން ބޭނުންވާ މަސައްކަތްތައް ކުރުވުމެވެ. އެކަމަކު އެމަސައްކަތްތައް ނުނިމޭނަމަ އެ މުވައްޒަފެއްގެ ބޭނުން އެންމެ އެދެވޭގޮތަކަށް އެއޮފީހަކަށް ނުކުރެވޭނެއެވެ.

ވަޒީފާގެ މާހައުލުގައި ކޮންމެ މީހަކުވެސް ސަމާލުކަންދޭންވާނީ ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމުމަށެވެ. އެހެންނޫނީ އެއީ އޮފީހަށް އަދި ތިމާގެ ކުރިއެރުމަށްވެސް ލިބޭނެ ގެއްލުމެކެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް