November 23, 2024 06:06
Advertisement

-Advertisement-

ރައްކާތެރި އަމާން ތަނަކަށް ހެދުމަށް މާލެ ފަހި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފި

"މާލެ ފަހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވީ ރޭގެ ވަގުތެއްގައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

Advertisement

މާލެ ފަހި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ ޒަމާނީ ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމްކޮށް ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރުކުރާނެ ކަމަށެވެ. އަދި ވިޔަފާރި ރެގިއުލޭޓްކޮށް ވިޔަފާރި އުސޫލުން ގެންނަ އުޅަނދުތައް މަގުމަތީގައި ނުބެހެއްޓޭގޮތް ހަދާނެކަމަށެވެ.

" ގޯސްވަމުންދާ ހާލަތަށް ބެލުމެއްނެތި ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ހިތުހުރި އަދަދަކަށް ވެހިކަލްތައް އެތެރެކޮށް ވިޔަފާރިކޮށްގެން މަންފާ ހާސިލުކުރުމަށް ކޮންޓްރޯލެއް ނެތި މަގުފަހިކުރުވައިފައި އޮތް އޮތުމަކީ މިމައްސަލަ ހައްދުންނެއްޓި ހައްލުކުރަން ދަތިވާހިސާބަށް ދިޔަ މައިގަނޑު އެންމެ ބޮޑު ސަބަބު. މާލެ ސަރަހައްދަށް ބޭނުންވަނީ ހާލަތަށް ބިނާކޮށް މިމާހައުލަށް ފެތޭ ޕްރެކްޓިކަލް ބަދަލުތަކެއް. މާލެ ފަހި ޕްރޮގްރާމަކީ މިދެންނެވި ފަދަ ހައްލު ހޯދައިދިނިމުގެ ބޭނުމުގައި ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނެއް". މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހާސިލުވެއްޖެނަމަ މާލެ ސަރަހައްދުގެ މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ މަގުތަކަށް ވެގެންދާނެއެވެ.

+1
0
+1
0
+1
2
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް