September 18, 2024 00:28
Advertisement

-Advertisement-

ކުޑަކުދިންގެ ދަތަށް ޚާއްސަ ސަމާލުކަމެއް ނުދީފިނަމަ ދަތް ފަނިކެއުމުގެ ފުރުސަތު ބޮޑު!

ދަރިފުޅުގެ ދަތް ނުކުންނަން ފެށުމާއެކު ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ކުޑަކުދިންގެ ދަތް އާންމުކޮށް ފަޅަން ފަށަނީ ކުއްޖާގެ އުމުރުން 6 މަހުން ފެށިގެންނެވެ.

ކިރުބުއިދަތް މުހިންމުވާ ސަބަބު:

ބައެއް މީހުންނަށް ހީވެފައިވާ ގޮތުގައި ކިރުބުއި ދަތްތަކަކީ ދާއިމީ ދަތްތަކަކަށް ނުވުމުން އެއީ އެހާ މުހިންމު ދަތެއް ނޫނެވެ. އެކަމަކު ދަތުގެ ޚާއްސަ ޑޮކްޓަރު އަހުމަދު ސަލީމް މައުލޫމާތު ދެއްވިގޮތުގައި ކިރުބުއިދަތްތަކަކީ ވަރަށް މުހިންމު ދަތްތަކެވެ. މި ދަތްތައް ފަނިކެއުމުން ދާއިމީ ދަތް ފެޅުމުގައި މައްސަލަ ދިމާވެއެވެ.

Advertisement

އެންމެ ފުރަތަމަ ފަޅާ ދަތްތައް މުހިންމުވަނީ ކާތަކެތި ރަނގަޅަށް ހެފުމަށެވެ. އަދި ދާއިމީ ދަތް ފެޅުމަށް ޖާގަ ބެހެއްޓުމަށާއި ދަތް ރަނގަޅު ހިސާބުގައި ފެޅުމަށް އެހީވުމަށެވެ. ކޯ ކަށިގަނޑާއި މަސްތައް ހެދިބޮޑުވުމަށްވެސް އެންމެ ފުރަތަމަ ފަޅާ ދަތްތައް މުހިންމު ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

ކުއްޖާގެ މެދު 4 ދަތް 6 އަހަރާއި 7 އަހަރު ވަންދެން ހުންނައިރު ކޮލު ދަތްތައް އާންމުކޮށް ނުވެއްޓި ހުންނަނީ 10 އަހަރާއި 12 އަހަރު ވަންދެނެވެ.  ވާހަކަ ދެއްކުމާއި މޫނުގެ ރީތިކަމަށްވެސް ކިރުބުއި ދަތް މުހިންމު ދައުރެއް އަދާކުރެއެވެ.

ކިރުބުއިދަތް އުނގުޅަން ފަށާނީ ކޮންއިރަކު؟

ކުދިން އުފަންވުމަށްފަހު ހިރުގަނޑު ސާފުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ސާފު މަޑުފޮތިކޮޅެއް ފެނުން ތެންމާލުމަށްފަހު މަޑުމަޑުން ސާފުކުރެވިދާނެއެވެ. " ދަތް ފެޅުމުން ކުޑަކުދިންގެ ދަތް އުނގުޅުމަށް ޚާއްސަ މަޑުމަޑު ބުރުހަކުން ދަތް އުނގުޅަންވާނެ. އުނގުޅާއިރު ބޭނުންކުރަންވާނީ ފުލޮރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭހެއް" ޑރ. ސަލީމް ވިދާޅުވިއެވެ.

ދަތް ފަނިކެއުން

ދަތް ފަނިކެއުން އެއީ މަޑުމަޑުން ލަސްލަހުން ދަތުގެ ޓިޝޫތައް ހަލާކުވުމަށް ކިޔާ މައިގަނޑު ނަންކަމަށާއި، ދަތް ފަނިކެއުމަކީ ފަންޏެއްގެ ސަބަބުން ވާކަމެއް ނޫންކަމަށް ޑޮކްޓަރު ވަނީ މަޢުލޫމާތުދެއްވާފަ އެވެ.

" އަނގަތެރޭގައި އަބަދުވެސް ބެކްޓީރިއާ އުޅޭ. މިބެކްޓީރިއާތައް ކާއެއްޗެހި (ހަކުރު، ސްޓާރޗް) ހުންނަ އެސިޑަށް ބަދަލުކުރޭ. އަނގައިގަ ހަރުލާ ކާތަކެއްޗާއި، އެސިޑް، ބެކްޓީރިއާ އަދި ކުޅު އެކުވެ ދަތްތަކުގަ ޕްލާކް ހަރުލާގޮތްވޭ. ޕްލާކް އަކީ ދަތުގެ ވަށައިގެން އުފެދޭ މަޑުފަށަލަ އެއް"

ކާތަކެތި ކެއުމަށްފަހު 20 މިނިޓްތެރޭގައި ޕްލާކް އުފެދޭގޮތްވެއެވެ. މިޕްލާކްތައް އަވަސްގޮތެއްގައި ސާފުނުކުރެވިއްޖެނަމަ ދަތް ފަނިކެއުމުގެ ފުރަތަމަ މަރުހަލާ އެފެށުނީއެވެ. އަދި ޕްލާކްގައި ހުންނަ އެސިޑްތައް ދިޔާވެ ދަތުގެ އެނޭމަލް ހަލާކުވެ ލޯވަޅު ހެދޭގޮތްވާކަމަށާއި، މީގެ ސަބަބުން ތަދުނުވެހުރެ ދަތުގެ އެތެރެ ވަރަށްބޮޑަށް ހަލާކުވެއެވެ. މިގޮތުން ދަތުގެ ނާރުތަކާއި ލޭހޮޅިތައް ހަލާކުވެ، އަޅާނުލާ ދޫކޮށްލެވިއްޖެނަމަ ހިރުގަނޑުގަ ދޮސްލާގޮތްވާނެ ކަމަށާއި، އޭގެ ސަބަބުން ދަތް އުފުރާލަންޖެހޭ ކަމަށް ޑރ. ސަލީމް ވަނީ ވިދާޅުވެފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް