Advertisement
header ad
XeeTimesXeeTimes
2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދާން ބޭނުން- ރައީސުލްޖުމްހޫރިއްޔާ

2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދާން ބޭނުން- ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ފުރިހަމައަށް ތަރައްޤީވެފައިވާ، ޤައުމެއްގެ ގޮތުގައި ފެނިގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ ވެސް އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި އަންގާރަ ދުވަހުގެރޭ ތަޤުރީރުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ތަޞައްވުރަށް ވާޞިލްވުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިތުރުން ޤައުމުގެ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމުގެ ބޭނުން ހިފަންޖެހޭ ކަމުގައެވެ.

މި ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި، މުއައްސަސާތަކަށް އިޞްލާޙީ ބަދަލުތައް ގެނެސް، ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށް، އައި.ސީ.ޓީގެ ވިއުގައާއި ޑިޖިޓަލް ލިޓަރަސީ އިތުރަށް ހަރުދަނާކުރެއްވުމަށް ރާއްވަވާފައިވާކަންވެސް ހާމަކުރެއްވިއެވެ. އަދި ޑިޖިޓަލް އިޤްތިސާދަކީ 2030 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޢަޒުމެއްކަމުގައި ވިދާޅުވިއެވެ.

Article - in content
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އާ ޞިނާޢަތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަނީ ހަރުދަނާ މާލީ ދާއިރާއެއް ބިނާކުރުމަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބޭންކެއް އުފައްދަވާފައިވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުގައި ޒުވާނުންގެ ބޭނުންތައް ސީދާ ދެނެގަތުމަށްޓަކައި އުފެއްދެވި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މަޢުލޫމާތުވެސް ހިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބިނާކުރަނިވި ގޮތްތަކަށް މަސައްކަތް ކުރުމާއި ރާއްޖޭގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ފުޅާކުރުމުގެ ތެރެއިން އެކަމަށް އިތުރު ބާރެއް އެޅިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —