October 18, 2024 13:38
Advertisement

-Advertisement-

ޢުމްރާއަށް ގޮސް އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންތައްތައް!

ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސް އުޅޭއިރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންތައްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • އަބަދުވެސް ސާފުތާހިރުކޮށް ހުރުމަށާއި އުޅޭ ކޮޓަރި އަދި ފާޚާނާ ސާފުކޮށް ބެހެއްޓުން
  • ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް މާސްކު އެޅުން އެދެވިގެންވޭ
  • ކާނާ ތައްޔާރުކުރުމުގެ ކުރިން، ކެއުމުގެ ކުރިން އަދި މީހަކަށް ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން
  • ފާޚާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
  • ބޭރުގައި އުޅޭއިރު އަތް ސާފުކުރުމަށް ސެނެޓައިޒަރ ފުޅިއެއް ގެންގުޅުން
  • ފެނާއި ދިޔާތަކެތި ގިނައިން ބޭނުންކުރުން
  • ފިޒީ ޑްރިންކްސް، އެނަރޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުން ނުކުރުން
  • ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ރަނގަޅު ފަސޭހަ ފައިވާނެއް ބޭނުންކުރުން
  • ބައްޔަކަށް ބޭސް ބޭނުންކުރާނަމަ ވަގުތަށް ބޭސް ބޭނުންކުރުން
  • ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ އާންމުކޮށް ދައްކާ ޑޮކްޓަރުގެ ފަހުގެ ބޭސްސިޓީތަކާއި ރިޕޯޓްތައް ގެންދިއުން
  • ކޮންމެހެން ބޭނުންޖެހިގެން ނޫނީ ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުން
  • ރޯކިރު ރަނގަޅަށް ކެއްކުމަށްފަހު ނޫނީ ބޭނުން ނުކުރުން
  • މަހާއި އެއްގަމުމަހުގެ ބާވަތްތައް ބޭނުންކުރުމުގައި ރަނގަޅަށް ރޯފިލާފައި ހުރިކަން ކަށަވަރު ކުރުން
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް