October 22, 2024 10:57
Advertisement

-Advertisement-

ފޮޓޯ: 1800ފްލާވަރސް.ކޮމް

އެންމެ ރީތިކަމަށް މުޅިދުނިޔެއިން ހޮވާލެވޭ 5 ވައްތަރުގެ މާ!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު ވައްތަރުގެ މާތައް ހައްދާ އުޅޭއިރު މީގެތެރެއިން އެންމެ ފާހަގަކުރެވޭ ރީތި މާތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އަޅުގަނޑުމެން އެންމެންގެ ހިތުންވެސް ޚާއްސަ ލޯތްބެއް ދެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ މާ ފިނިފެންމަލެވެ.

ފިނިފެންމާ

ފިނިފެންމަލުގެ ތެރޭގައި ތަފާތު ކުލަތަކުގެ އެކި ސައިޒުގެ މާތައް ހުރެއެވެ. އެންމެ ގިނަ މީހުންނަށް ކަމުދަނީ ރަތްކުލަ އަދި ފިޔާތޮށިކުލައިގެ ފިނިފެންމަލެވެ. ފިނިފެންމަލަކީ އޭޝިއާގެ ގައުމުތަކުގައި އާންމުކޮށް ހެދޭ މަލެކެވެ.

Advertisement

ޑާލިއާ

މިމަލުގެ ރީތިކަން ފާހަގަކުރެވެނީ މަލުގެ ސައިޒުގެ ގޮތުން ބޮޑުކަމުގެ އިތުރަށް ކުލައިގެ ތަފާތުކަމުންނެވެ. ޑާލިއާ ގަސް ހެދެނީ 1 ފޫޓުން ފެށިގެން 6 ފޫޓާ ހަމައަށް އުސްމިނަށެވެ. ދަނބުކުލައިގެ މި މާ ހުންނަނީ ތުނި އަދި ބޯޯފަތްތަކެއްގެ ގޮތަށެވެ. އެންމެ ފުރިހަމައަށް އުފެދިފައި ހުންނަ ޑާލިއާ މަލުގެ ސައިޒަކީ 2 އިންޗިއާއި 10 އިންޗިއާއި ދެމެދުގެ ބޮޑުމިނެކެވެ.

އޯކިޑް

އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކުގައި ވެސް ތަފާތު ކުލަކުލައިގެ އޯކިޑް މާ މަޝްހޫރުކަން ފާހަގަކުރެވެއެވެ. އޯކިޑްގެ ބައެއް ވައްތަރުތައް ޕޮޓުގައި ހެއްދޭއިރު އަނެއްބައި ގަސް ހެއްދެނީ ހަމައެކަނި ބިމުގައެވެ. އޯކިޑް މަލުގެ ކުލަތަކުގެ ތެރޭގައި ރީނދޫ، އޮރެންޖް، ރަތް، ފިޔާތޮށި އަދި ނޫކުލައާއި ހުދުކުލައިގެ އިތުރުން ދަނބުކުލަ ހިމެނެއެވެ. މިއީވެސް ބަލާލަން ވަރަށް ރީތި މަލެކެވެ.

ލޮޓަސް

ލޮޓަސް މިއީ ފެނުގައި ހެދޭ ރީތި މަލެކެވެ. އޭޝިއާގެ ގައުމުތަކުގައިވެސް އާންމުކޮށް ހެދޭ މިމަލަކީ އަވަށްޓެރި އިންޑިއާގެ ޤައުމީ މަލެވެ. ލޮޓަސްގައި އާންމުކޮށް ހުންނަނީ 16 އާއި 36 ފިޔައެވެ. ހުދު، ފިޔާތޮށި އަދި ދަނބުކުލައިގައި ހުންނަ މިމަލަކީވެސް ގިނައިރު ފަރިނުވެ ރީއްޗަށް ހުންނަ މަލެކެވެ.

ޗެރީ ބްލޮސަމް

ޗެރީ ބްލޮސަމް މިމަލަކީ ޖަޕާނުގެ ޤައުމީ މަލެވެ. މުޅިގަހުގެ ފަތަށްވުރެ ގިނައިން މާއަޅާފައި ހުންނައިރު ފޮޓޯއަށް ވަރަށް ރީއްޗެވެ. މަޑުފިޔާތޮށިކުލައިގެ މިމާތައް ގިނަދުވަހަށް ހުރުމަށްފަހު ދެން ވެއްޓެން ފަށައެވެ. މިމާތައް ގަސްދޮށަށް ވެއްޓިފައި ހުންނަ މަންޒަރަކީވެސް ބަލާލަން ހިތްހަމަޖެހޭ ހިތްގައިމު މަންޒަރެކެވެ.

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް