Advertisement
header ad
XeeTimesXeeTimes
މިސް ޔުނިވާސްގައި ރާއްޖެ ނަމުގައި ދިވެއްސަކު ބައިވެރިވުމާއި ސަރުކާރުންވެސް ދެކޮޅު!

މިސް ޔުނިވާސްގައި ރާއްޖެ ނަމުގައި ދިވެއްސަކު ބައިވެރިވުމާއި ސަރުކާރުންވެސް ދެކޮޅު!

މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވަރސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހިންގެ ދީނާއި އަޤީދާއާއި ސަޤާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

" އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލު ކުރާ އާންމު އަޚުލާގީ މިންގަނޑުތަކާއި އުސޫލުތަކާއިވެސް ޚިލާފު ކަންކަމަށްވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރަން. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ގޮވާލަން". ސަރުކާރުގެ ބަޔާނުގައިވެއެވެ.

ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

Article - in content
Advertisement

ދުނިޔޭގެ ބައެއް ޤައުމުތަކުން ބައިވެރިވާ ރީތީގެ މުބާރާތް ކަމުގައިވާ މިސް ޔުނިވާސް ގައި ދިވެއްސަކު ބައިވެރިވާން ނިންމި މިއީ ފުރަތަމަ ފަހަރެވެ. އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ މިސް ޔުނިވަރސްގައި ބައިވެރިވުމަށް ސައިނާ ނަސީމް އަށް ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

ސައިނާ، މިސްޔުނިވަރސްގައި ބައިވެރިވުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ބައެއް ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ އަޑު އުފުލަމުންނެވެ. މިގޮތުން މިއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތަކު ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިން ދަނީ ބުނަމުންނެވެ. އަދި ހަމަމިއާއެކު މިސް ޔުނިވަރސްގައި ރާއްޖެއިން ބައިވެރިވުމާއި އެއްކޮޅަށް އަޑުއުފުލާ ބަޔަކުވެސް ދަނީ ސޯޝަލްމީޑިއާއިން މަދުންނަމަވެސް ފެންނަމުންނެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —