Advertisement
header ad
XeeTimesXeeTimes
ދުންފަތްމަސް އެނގެނީ ކިހާވަރަކަށް؟ އިލްމާއި ހިލްމު

ދުންފަތްމަސް އެނގެނީ ކިހާވަރަކަށް؟

ދުންފަތްމަހަކީ އާންމުކޮށް 20 މީޓަރަށްވުރެން ތިލަ ސަރަހައްދުތަކުގައި އުޅޭ މަހެކެވެ. ގަދަ މުށިކުލައިގައި ހުންނަ މި މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 04 ހަރުކައްޓާއެކު 27 އާއި 30 ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 03 ހަރުކައްޓާއެކު 22 އާއި 24 ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މި މަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށް ކަމަށްވެއެވެ. މި މަހުގެ ބޮލުގައި ފެހިކުލައިގެ ތިކިތަކެއް ފަނޑުކޮށް ހުރެއެވެ. ކޮތަރިބައިގައި ރީނދޫކުލަ ހުންނަ މި މަހުގެ ހުރަހަށްވާގޮތަށް އޮރެންޖުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ބަނޑުދަށް ފަރާތުގައި ތިކިތަކެއްގޮތަށް ރޮނގުތައް ހުރެއެވެ. މި މަހުގެ ބުރަކަށިމައްޗާއި، ބަނޑުދަށްފަރާތުގެ ކޮތަރިބައި ހުންނަނީ އުސްކޮށެވެ.

މި މަހަކީ ރާއްޖޭގެ ފަރުތަކާއި ފަޅުތަކުގައި އުޅޭ މަހެކެވެ. މި މަހުގެ ކާނާއަކީ މޫދުފެއްސެވެ. މިބާވަތުގެ މަހަކީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގިނަދުވަސްތަކެއް ވަންދެން ގެންގުޅެވިދާނެ ރީތި މަހެކެވެ. އަދި ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން ބޭރުކުރާ މަސްތަކުގެ ތެރޭގައި ހިމެނޭ މަހެއްވެސްމެއެވެ.

މައުލޫމާތު: މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރ

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —