March 11, 2026 11:08
Advertisement

-Advertisement-

މައުލޫމާތު: އެނބުރޭ ބޯޅައެއްގެ ސިފައިގައި ދަތުރުކުރާ އެއަށްޓެހި

އެއަށްޓެހިއަކީ ވެނެއްގޮތަށް ހިމަ ދިގުކޮށް ހުންނަ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް ފެންނާނީ ފަޅުތަކުގެ އައްސޭރިފަށުންނާއި މޫދުވިނައިން ހެދިފައިހުންނަ ފަޅުގެ ސަރަހައްދުތަކުންނާއި ފަރުތަކުގައި ހުންނަ މުރަކަތައް ކައިރިންނެވެ. މިވައްތަރުގެ ކުދިމަސްތައް އުޅޭނީ މޫދުގައި އެއްކޮށެވެ. ދަތުރުކުރާނީ ގުރޫޕެއްގޮތަށް އެނބުރޭ ބޯޅައެއްގެ ސިފައިގައިވެސް ދަތުރުކުރެއެވެ. މިބާވަތުގެ ބޮޑެތި މަސް ފެންނަނީ ކުދި ގްރޫޕްތަކެއްގެ ގޮތުގައި އެކަހެރިކޮށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ފުރަތަމަކަށްޓާ ކަންފަތްގަޑުގައި ހުންނަ ހަރުކަށްޓަކީ ވަރަށް ވިހަގަދަ 2 ކަށްޓެވެ. ވީމާ މިމަސް ހިފާގެންގުޅޭއިރު މިކަމަށް ވިސްނައިގެން ގެންގުޅުމަކީ އެންމެ ރައްކާތެރިގޮތެވެ. މިއީ އާއްމުގޮތެއްގައި ރާއްޖޭގެ މަސްވެރިން ހިފާއުޅޭ މަހެއްނޫނެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސްނޫނެވެ.

މަހުގެ ތުނބުގައި ހަތަރު ޖޯޑު ނަރުވާހުރެއެވެ. މަހުގެ މަތީކޮތަރިބައިގެ ފުރަތަމަ ކަށި ހުންނަނީ ކޮޅަށް ވަރަށް ތޫނު ކޮށެވެ. މަހުގެ މަތީގެ ދެވަނަކޮތަރިބަޔާއި ނިގޫފަތް އަދި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ގުޅިފައިވާ އެއްކޮތަރިބައެއްގެ ގޮތުގައެވެ.

Advertisement

މިބާވަތުގެ މަސް އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 30 ސެންޓިމީޓަރަށް ކަމަށްވެއެވެ. މި ވައްތަރުގެ މަހުގެ ކުލައަކީ ކަޅުކުލައާއި މުށި ނުވަތަ މެރޫން ކުލައެވެ. މަހުގެ އަރިމަތީގައި ދެތިން ރޮނގު ހުރެއެވެ. ހުދު ނުވަތަ ފަނޑު ރީނދޫ ކުލައިގެ ރޮނގުތައް ކުދިމަސްތަކުގައި ހުންނައިރު، ބޮޑެތި މަސްތަކުގައި މިކުލަތައް ފެންނާނީ ފަނޑުކޮށެވެ. މިމަސް ކައިއުޅެނީ ކުދި މަހާއި، ކުދިކަކުނި، ޑިނގާ އަދި ބޮލީގެ ވައްތަރުތަކެވެ.

މަސްދަރު: ވައިލްޑް ސިންގަޕޯރ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް