March 15, 2026 11:16
Advertisement

-Advertisement-

ތުންދިގުގާބޯ: ގާބޯ އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ތުންދިގުކޮށް ހުންނަ މަސް

ތުންދިގުގާބޯ މަސް އާންމުކޮށް އުޅެނީ މޫދުގައި 25 މީޓަރުގެ ފުންމިނުގެ ސަރަހައްދުތަކުގައެވެ. މިއީ ގާބޯ އާއިލާގެ މަސްތަކުގެ ތެރެއިން އެންމެ ތުންދިގުކޮށް ހުންނަ ވައްތަރުގެ މަހެވެ. މި މަސް އެންމެ ބޮޑުވަނީ 13 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ދިހަ ހަރުކައްޓާއެކު ތޭރަ މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި ތިން ހަރުކައްޓާއެކު ހަތް މަޑުކަށި ހުރެއެވެ. ހުދުކުލައަށް ހުންނަ މިމަހުގެ އަރިމަތީގައި ގޮޅިތަކަށްވާހެން ރަތާއި އޮރެންޖުކުލައިގެ ރީތި ކުރެހުމެއް ހުރެއެވެ. މިބާވަތުގެ މަސް އެންމެ ގިނައިން ފެންނަނީ ގޮފި ގޮތަށް ހުންނަ މުރަކަތުގައި ބަނޑު ޖައްސާލައިގެން ތިބޭތަނެވެ. މިމަހުގެ ކާނާ އަކީ މޫދުގައި އުޅޭ ކުދިކުދި ކަކުނިތަކާއި އެހެނިހެން ކުދިކުދި ސޫތްޕެވެ. މިބާވަތުގެ މަހަކީ ދިވެހީން ކެއުމުގައި ބޭނުންކޮށްއުޅޭ މަހެއް ނޫނެވެ. ރާއްޖޭގައި މިބާވަތުގެ މަސް ހިފާއުޅެނީ ކުދި ދިރޭ މަހުގެ ވިޔަފާރިކުރާ ފަރާތްތަކުންނެވެ. އާންމުކޮށް މިބާވަތުގެ މަހަކީ ދިރޭކުދިމަހުގެ ގޮތުގައި އެންމެ ގިނައިން ބޭރުކުރެވޭ ޒާތުގެ މަހެކެވެ. މިއީ މޫދުމަސް ޓޭންކުގައި ގެންގުޅޭ ފަރާތްތަކުން ގެންގުޅެން ވަރަށްރީތި މަހެކެވެ.

މަސްދަރު: ފިޝްބޭސް

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް