Advertisement
header ad
XeeTimesXeeTimes
ތަފާތު ކުލަތަކަކުން ޖަރީވެފައިވާ ފަރިހަރަކާތްކޮށް އުޅޭ ފަތްމިނި ހިކާ ދެކުނިންތަ؟ އިލްމާއި ހިލްމު

ތަފާތު ކުލަތަކަކުން ޖަރީވެފައިވާ ފަރިހަރަކާތްކޮށް އުޅޭ ފަތްމިނި ހިކާ ދެކުނިންތަ؟

މިބާވަތުގެ ހިކާ އަކީ އާންމުކޮށް ފީނާއުޅޭ މީހުންނަށް ފެންނަ ފަރި ހަރަކާތްތަކެއް ކޮށްއުޅޭ ބަލާލަން ވަރަށް ރީތި އެކި ކުލަތަކަކުން ޖަރީވެފައިވާ މަހެކެވެ. މަހުގެ ކޮތަރިބަޔާއި ނިގޫފަތުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިބާވަތުގެ ފިރިހެން ހިކާ އަބަދުވެސް އުޅޭނީ ހަތަރު ވަރަކަށް އަންހެން ހިކާއެކުގައެވެ. އާންމުކޮށް އުޅެނީ ފަރުތަކުގެ ބޭރުގައި ވިހި މީޓަރަށްވުރެން ފުން ސަރަހައްދުތަކުގައެވެ. މި މަސް އެންމެ ބޮޑުވަނީ ތިން އިންޗިއަށް ކަމަށްވެއެވެ. މިބާވަތުގެ މަހުގެ ބުރަކަށިމަތީ ކޮތަރިބައި އުސްކޮށް ހުންނަ ކައްޓެއް ހުންނައިރު ކޮތަރިބައިގައި ނުވަ ހަރުކައްޓާއެކު އެގާރަ މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރިބައިގައި ތިން ހަރުކައްޓާއެކު އެއް މަޑުކަށި ހުރެއެވެ. މިބާވަތުގެ މަހަކީވެސް ދިރޭމަސް ބޭރުކުރާ ފަރާތްތަކުން އާންމުކޮށް ބޭރުކޮށްއުޅޭ މަހެކެވެ. މިބާވަތުގެ މަހަކީ ރާއްޖޭގައި ކައިއުޅޭ ބާވަތުގެ މަހެއް ނޫނެވެ. މިވައްތަރު މަހުގެ ކާނާއަކީ ޝްރިމްޕް ނުވަތަ ކުދިކަކުނި ފަދަ ސޫފާސޫފިއެވެ. މި މަހަކީވެސް ޓޭންކުގައި ގެންގުޅެން ވަރަށްރީތި މަހެކެވެ. މި ހިކައަށް ފަތްމިނި ހިކާ ނަންދެވިފައިވަނީ ރީތިކަމަށް ބަލާ މިވައްތަރުގެ ހިކާ ފެންނަލެއް މަދުކަމުންކަމަށް ވެއެވެ.

މަސްދަރު: ފިޝްއޮފްދަ މޯލްޑިވްސް

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —