Advertisement
header ad
XeeTimesXeeTimes
ގަނދަކޯޅި ފަތުގެ ވަހުން ސިކުނޑި އަށް ހަމަޖެހުން ލިބޭ!

ގަނދަކޯޅި ފަތުގެ ވަހުން ސިކުނޑި އަށް ހަމަޖެހުން ލިބޭ!

ގަނދަކޯޅި ގަހަކީ ރާއްޖޭގެ ރަށްރަށުގައި ވަރަށް އާންމު ވައްތަރެއްގެ ގަހެކެވެ. ދެފޫޓުބައި އުސްމިނުގައި އާންމުކޮށް ހެދޭ، ގަނދަކޯޅި ގަހުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ރާއްޖޭގައި ހައްދަނީ ހުދުކުލައިގެ މާއަޅާ ވައްތަރުގެ ގަހެވެ. ހޫނު ސަރަހައްދުތަކުގައި ފަސޭހައިން ހެދޭ މިބާވަތުގެ ގަހަކީ ގޭތެރޭގައި އަދި ގޯތިތެރޭގެ ހުސްތަންތަނުގައި ހައްދާލަން ފަސޭހަ ގިނަ ފައިދާތަކެއް ލިބޭ ގަހެކެވެ.

ކެއްކުމަށް

މިބާވަތުގެ ފަތް، ޕީޗް އަދި ބެރީސް އާއިލާގެ މޭވާއާއި އެކު ޖޫސް ނުވަތަ ސެލަޑް ތައްޔާރުކުރުމުގައި ބޭނުން ކުރެވިދާނެއެވެ. އަދި އެކި ވައްތަރުގެ ސޫޕް ތައްޔާރުކުރާއިރު ބޭނުންކޮށް އުޅެއެވެ.

Article - in content
Advertisement

ސިއްހީ ފައިދާ

ދިރޭ އެކިއެކި ބާވަތްތަކުގެ ސޫފި ކަށިޖެހުމުންނާއި، ބަނޑުހަރުވުމުގެ އުނދަގުލުން ސަލާމަތްވުމަށް މިފަތް ބޭނުން ކުރެއެވެ. ގަނދަކޯޅިފަތަކީ ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

އޮފީހުގެ ބުރަ މަސައްކަތުގައި އުޅުމަށްފަހު މިފަތުގެ ވަސް ބަލާލުމުން ސިކުނޑިއަށް ލުއިކަމެއް ގެނުވައިދީ ސިކުނޑި ތާޒާކޮށްދޭ ކަމަށް ވެއެވެ.  އަދި އާތްރައިޓިސް ބަލީގެ ވޭން ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް އަޅާވޭން ލުއިކޮށްދީ ނޭވާހިއްލުން، އެލާޖިކްވުން ފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައިވެސް މި ފަތް ބޭނުންކޮށް އުޅެއެވެ.

ބައެއް ރިސާރޗް ތަކުން ދައްކާގޮތުގައި ގަނދަކޯޅީގައިވާ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓުގެ ސަބަބުން ސެލްތައް ބައިބައިވާ މިންވަރު ލަސްކޮށްދޭ ކަމަށްވެއެވެ. އެގޮތުން އަނގައިގެ ކެންސަރު، ހަންގަނޑަށް ޖެހޭ ކެންސަރު، ފުއްޕާމޭގެ ކެންސަރު ސެލް އުފެދުމަށް ހުރަސް އެޅިގެންދާ ކަމަށްވެއެވެ.

ތަންތަނަށް ތަދުވުމުން ނުވަތަ ދުޅަވުމުން ގަނދަކޯޅި ފަތުގެ ދިޔަ ހޭކުމުން ފަސޭހަވެއެވެ. އަދި ގަނދަކޯޅީގެ އޮށަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ.

މަސްދަރު: އިންސައިޑްހާރބްގާރޑެން، ހެލްތްލައިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —