Advertisement
header ad
XeeTimesXeeTimes
ވީޓީވީ އާއި ޒީޓައިމްސް ގުޅިގެން ބޮޑުފެންޑާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައިފި

ވީޓީވީ އާއި ޒީޓައިމްސް ގުޅިގެން ބޮޑުފެންޑާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައިފި

ބޮޑުފެންޑާ ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހަށް ޚާއްސަކޮށްގެން 2010ވަނަ އަހަރުން ފެށިގެން ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ މީގެ 10 އަހަރު ކުރިން މިޕްރޮގްރާމް ޕްރޮޑިއުސްކޮށް ޕްރެޒެންޓްކުރި ޒީނާ ޒާހިރު އެވެ.

ބޮޑުފެންޑާ ޕްރޮގްރާމް އަލުން ފެށުމުގެ މަޤްސަދަކީ، ރައްޔިތުން ބޭނުންވާފަދަ ތެދު މައުލޫމާތު ހިމަނައިގެން، ހަމަހަމަކަމާއިއެކު ރަނގަޅު ފެންވަރުގެ ޝައުގުވެރި ޕްރޮގްރާމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ. މިގޮތުން ޤައުމުގައި އެވަގުތަކު ހިނގަމުންދާ އެންމެ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަފްތާއަކު އެއްރޭ ގެނެސްދިނުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ. ބޮޑުފެންޑާ ޕްރޮގްރާމް އުފެއްދުމާއި ޓެލެކާސްޓް ކުރުމާ ގުޅޭގޮތުން ވީޓީވީ އާއި ޒީޓައިމްސް ދެމެދުގަ އެގްރިމެންޓްގަ ސޮއިކޮށްފައި ވަނީ މިއަދު އެވެ.  

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —