Advertisement
header ad
XeeTimesXeeTimes
ރަހަމީރު ބަރަބޯ ސޫޕް ބަދިގެ

ރަހަމީރު ބަރަބޯ ސޫޕް

ބޭނުންވާތަކެތި:

1 ޖޯޑު ބަރަބޯ (ކޮށާފައި)

1 ފަޅި ފިޔާ

Article - in content
Advertisement

4 ލޮނުމެދު

1 ކޯޅި ހިކަނދިފަތް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ޗިކަން ކިއުބް

2 ރޯމިރުސް

1 ސައިސަމުސާ އޮލިވްއޮއިލް

1 ޖޯޑު ފެން

3 ސްޕްރިންގ އަނިއަން (ކޮށާފައި)

1 ފަޅި ލުބޯ

ތައްޔާރުކުރާނެ ގޮތް:

ތަވާ އަށް ތެޔޮފޮދެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، މިރުސް އަދި ހިކަނދިފަތް މީރުކޮށްލާށެވެ. ޗިކަން ކިއުބް ބޭނުންކޮށްގެން ބަރަބޯކޮޅުވެސް މީރުކޮށްލާށެވެ. އެއަށްފަހު ފެން އަޅައިގެން ބަރަބޯތައް މަޑުވަންދެން ކައްކާލާށެވެ. ދެން ލޮނު ހެޔޮވަރު ކޮށްލުމަށްފަހު ބާލާށެވެ.

 ހިހޫވުމުން މިކްސްޗަރުގައި ޕޭސްޓްގަޑެއްގެން ގިރާލާށެވެ. ދެން އަނެއްކާވެސް ތެއްޔަށް އަޅައިގެން ކައްކާލާނީއެވެ. ކުޑަކޮށް ހިކިނަމަ ފެންފޮދެއް އެޅުމަށްފަހު މަޑުގިނީގައި ކައްކާށެވެ. ބަޓަރކޮޅެއް އަޅާލުމުން އިތުރަށް ރަހަ މީރުވާނެއެވެ. ކައްކާ ނިމުމުން ލުބޯހުތްކޮޅެއް ޖެހުމަށްފަހު ސްޕްރިންގ އަނިއަން މައްޗައް އަޅާލާށެވެ. މި ސޫޕަކީ ގާލިކް ބްރެޑާއި އެކު ކާލަން ވަރަށް މީރު ސޫޕެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —