Advertisement
header ad
XeeTimesXeeTimes
ވޮފްލް ތައްޔާރުކުރަން އެނގޭތަ؟ މިއޮތީ ރެސިޕީ! ބަދިގެ

ވޮފްލް ތައްޔާރުކުރަން އެނގޭތަ؟ މިއޮތީ ރެސިޕީ!

ބޭނުންވާތަކެތި:

3 ޖޯޑު އާދައިގެ ފުށް

1 ސައިސަމުސާ ލޮނު

Article - in content
Advertisement

5 ސައިސަމުސާ ބޭކިންގ ޕައުޑަރ

3 މޭޒުމަތީ ސަމުސާ ހަކުރު

3 ބިސް

2 ތަށި ދިޔާ ކިރު

½ ޖޯޑު ބަޓަރ

½ 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ބޮޑު ތައްޓަކަށް ފުށް، ލޮނު، ބޭކިންގޕައުޑަރ، އަދި ހަކުރު އެޅުމަށްފަހު އެއްކޮށްލާށެވެ. ވަކި ތައްޓަކަށް ބިސް، ކިރު، ބަޓަރ އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާށެވެ. އެއަށްފަހު ކުރިން ގިރި ފުށާއި އެކު ހުރިހާބާވަތެއް ރަނގަޅަށް ގިރާށެވެ. ދެން ވޮފްލް ޕޭން ހޫނުކުރުމަށްފަހު އެއަށް އަޅާ މުށިކުލަ އަރަންދެން ފިހެލާށެވެ. މި ގިރި ފުށްގަނޑުން 13-14 ވޮފްލް ތައްޔާރު ކުރެވޭނެ އެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —