Advertisement
header ad
XeeTimesXeeTimes
ޗޮކްލެޓް ޕަވްލޯވާ ބަދިގެ

ބޭނުންވާތަކެތި:

4 ބިހުގެ ހުދުބައި ވަކިކޮށްފައި

¾ ޖޯޑުގެ ހަކުރު

Article - in content
Advertisement

1 ސައިސަމުސާ ވެނީލާ އެސެންސް

3 ސައި ސަމުސާ ކޮކޯ ޕައުޑަރ

1 ސައިސަމުސާ ކޯން ފްލާރ (ޒުވާރިފުށް)

1 ސައިސަމުސާ ވިނިގަރ

ޓޮޕިން ހަދަން ބޭނުންވާތަކެތި:

250 ގްރާމް ކްރީމް

¼ ޖޯޑު ނަޓެއްލާ ކްރީމް

250 ގްރާމް ސްޓޯބެރީ

ޓޮޕިން ތައްޔާރުކުރާނެ ގޮތް

ކްރީމް އާއި ނަޓެއްލާ ރަނގަޅަށް އެކުވަންދެން ގިރާލާށެވެ.

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބިހުގެ ހުދުބައި ފޮނު އަރަންދެން ރަނގަޅަށް ގިރާލާށެވެ. ގިރަމުންދާ ވަރަކަށް މަޑުމަޑުން ހަކުރު އަޅަމުންގެންދާށެވެ. ހަކުރުތައް ރަނގަޅަށް ވިރެންދެން ގިރާލާށެވެ. ދެން އެއަށްފަހު ވެނީލާ އެސެންސް، ކޮކޯ ޕައުޑަރ، ކޯން ފްލާރ އަދި ވިނިގަރ އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ދެން ތައްޔާރު ކުރެވުނު ބައި ބޭކިން ޓްރޭއެއްގައި ދޭފަތެއް ބޭނުންކޮށްގެން ރަނގަޅަށް އަތުރާލާށެވެ. އެއަށްފަހު އަވަނުގެ 110-120 ޑިގްރީގައި ބެހެއްޓުމަށްފަހު 1 ގަޑިއިރާއި 15 މިނިޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނެގުމަށްފަހު ހިހޫވަންދެން ބޭރުގައި ބަހައްޓާށެވެ. ހިހޫވުމުން ތައްޔާރުކުރެވުނު ޓޮޕިން ކްރީމް މައްޗަށް އެޅުމަށްފަހު ސްޓްރޯބެރީ އަތުރާލާށެވެ. ފްރިޖްގައި ބަހައްޓައިގެން ފިނިކޮށް ކާލަން ވަރަށް މީރުވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —