Advertisement
header ad
XeeTimesXeeTimes
ޗީޒް ކޭކް ތައްޔާރުކޮށްލެވޭނެ ފަސޭހަގޮތެއް ބަދިގެ

ޗީޒް ކޭކް ތައްޔާރުކޮށްލެވޭނެ ފަސޭހަގޮތެއް

ބޭނުންވާތަކެތި:

225 ގްރާމް ކްރީމް ޗީޒް

1 ފަޅި ލުނބޯ

Article - in content
Advertisement

1 ދަޅު ގެރިކިރު

2 ސައިސަމުސާ ޖެލަޓިން

1 ޖޯޑު ބަޓަރ (މެލްޓްކޮށްފައި)

1 ޕެކެޓް ކްރީމް ކްރޭކަރ ބިސްކޯދު

1 ޖޯޑު ބްލޫބެރީ (ދަޅުގައި ހުންނަ)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބިސްކޯދު ފުނޑުކޮށްލުމަށްފަހު މެލްޓްކޮށްފައި ހުރި ބަޓަރ އަޅައިގެން ސަމުސަލަކުން އެއްކޮށްލާށެވެ. އެއަށްފަހު ކޭކު އަޅާ ޓްރޭއެއްގައި އަތުރާލާނީއެވެ.

ކްރީމްގަނޑު ހެދުމަށްޓަކައި ފުރަތަމަ ކްރީމް ޗީޒް އާއި ގެރިކިރު އަޅައިގެން އެއްކުރާނީއެވެ. އެއަށްފަހު ލުނބޯ ފިތާލުމަށްފަހު އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ހޫނުފެނުގެ ތެރެއަށް ޖެލަޓިން އަޅާ ގިރުމަށްފަހު 2 މިނިޓެއްހާއިރު ބެހެއްޓުމަށްފަހު އެއްކުރެވުނު ކްރީމްގެ ތެރެއަށް އަޅާށެވެ.

އެއަށްފަހު ތައްޔާރުކުރެވުނު ކްރީމްގަނޑު ޓްރޭގައި އަތުރާލާނީއެވެ. އެންމެފަހުން ބްލޫބެރީ ކްރީމް މަތީގައި އަތުރާށެވެ. މިހާރު އެހުރީ ޗީޒް ކޭކް ތައްޔާރުކުރެވިފައެވެ. ފްރީޒް ކުރުމަށްޓަކައި ހަތަރުގަޑިއިރު ބަހައްޓަންވާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —