Advertisement
header ad
XeeTimesXeeTimes
ތާރީޚްގެ ތެރެއިން ރ. އަތޮޅު ބޮޑުފުށި ތާރީޚް

ތާރީޚްގެ ތެރެއިން ރ. އަތޮޅު ބޮޑުފުށި

ރ. އަތޮޅު ބޮޑުފުށީގައި އަށާރަވަނަ ގަރުނުގައި މީހުން އުޅެފައިވާކަމުގެ ނިޝާން ފެންނަން އެބަހުއްޓެވެ. މިގޮތުން މިރަށުގެ ހުޅަނގުކޮޅުގައި މިސްކިތެއްގެ ތަރާގަނޑު އެބައޮތެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދިންގޮތުގައި މި ތަރާގަނޑުގެ ދިގުމިނުގައި 25 ފޫޓު، ފުޅާމިނުގައި 16 ފޫޓު 6 އިންޗި ހުރެއެވެ.

"މި މިސްކިތް ހަދާފައި ހުރީ ތިރީގައި ބަރަފޯސް ލައިފައި ހިރިގަލުން. އިރުމަތީ ފަރާތުގައި ވެލިގަލުން ހަދައިފައިވާ ހަތަރެސްކަން ދެ ވަޅާއި ވަރަށް ބޮޑު ގަބުރުސްތާނެއް އޮތް ކަމަށްވޭ. މި ތާނގައި އޮތް ގަލެއްގައި 13 ޟުލްގައިދާ 1196 ވީ އަންގާރަ ދުވަހުގެ ތާރީޚް ވަނީ ޖަހާފައި" ގައުމީ މަރުކަޒުން މައުލޫމާތުދިނެވެ.

އައްޞުލްތާން ޖަލާލުއްދީން އުމަރުވީރު އުތުރު އަރުމާޒުގައި ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަވެ ފަސްދާނުލެވިފައިވަނީ ބޮޑުފުށީގައި ކަމަށް ގައުމީ މަރުކަޒުން ވަނީ މައުލޫމާތުދީފައެވެ. އެހެންނަމަވެސް މި ރަސްގެފާނުގެ ޒިޔާރަތޭ ކިޔާ ތަނުގައި ގަލެއް ނެތެވެ. އަދި އެއްވެސް ލިޔުމެއް ވެސް ނެތެވެ. މި ޒިޔާރަތް މިހާރުވެސް ފެންނަން އެބަހުއްޓެވެ.

Article - in content
Advertisement

 

ނޯޓް: ޒީޓައިމްސްގެ ތާރީޚް ކެޓަގަރީގައި ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ތާރީޚީ ތަންތަނުގެ މައުލޫމާތު ގެނެސްދެމުންނެވެ. ތާރީޚީ ތަންތަނުގެ ފޮޓޯ ޒީޓައިމްސް އާއި ހިއްސާ ކުރަން ބޭނުންވާނަމަ ފޭސްބުކް ޕޭޖް ޒީޓައިމްސް އަށް ފޮނުވައިދެއްވުން އެދެމެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —