Advertisement
header ad
XeeTimesXeeTimes
ޕާން ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ މީރު ޕުޑިންގ ބަދިގެ

ޕާން ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ މީރު ޕުޑިންގ

ބޭނުންވާތަކެތި

1/3 ޖޯޑު ހަކުރު

1 ސަމުސާ ފެން

Article - in content
Advertisement

4 ފޮތި ޕާން

4 ބިސް

2 ޖޯޑު ފުލްކްރީމް މިލްކް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ތަވާ އަށް ހަކުރު އަޅާށެވެ. އެއަށްފަހު އެއް ސަމުސާ ފެން އަޅާފަ ކެކެން ފެށުމުން ދޭފަތުން އެއްކުރަމުން ދާށެވެ. ހަކުރުކޮޅު މުށި ކުލައަށް ބަދަލުވެ ކެރަމަލްވުމުން ޓްރޭއަށް އަޅާފަ ފަތުރާލާށެވެ. އެއަށްފަހު ހިހޫވަންދެން ބަހައްޓާށެވެ.

ޕާން ކުދިކޮށް ގޮޅިގޮޅިއަށް ކެފުމަށްފަހު ތައްޓަކަށް އަޅާށެވެ. އެއަށްފަހު އެހެން ތައްޓަކަށް ބިސް، ހަކުރު، އެސެންސް އަޅާފަ ރަނގަޅަށް ގިރުމަށްފަހު ޕާންހުރި ތައްޓަށް އަޅާށެވެ. އަދި ކިރު ވެސް އަޅާ ރަނގަޅަށް ޕާން ހިމުންވަންދެން ގިރާށެވެ. ހުރިހާ ބާވަތެއް ރަނގަޅަށް ގިރުމަށްފަހު ފުރާނާލާށެވެ. އެއަށްފަހު މަތީގައި ފޮނުގޮތަށް ހުންނަބައި ނެގުމަށްފަހު ކެރަމަލް އެޅި ޓްރޭއަށް އަޅާފަ ފޮއިލް ބޭނުންކޮށްގެން ޓްރޭގެ މަތި ބަންދު ކޮށްލާށެވެ.

އުނދުން ރޯކުރުމަށްފަހު ތަވާގެ އެތެރޭގައި ތެލި ބަހައްޓާކަހަލަ ސްޓޭންޑެއް ބަހައްޓާށެވެ. އަދި އެއަށްފަހު ތަވާއަށް ހޫނުފެން އަޅާފަ ސްޓޭންޑް މަތީގައި ޓްރޭ ބެހެއްޓުމަށްފަހު ތަވާގެ މަތި ޖަހާށެވެ. 25–35 މިނިޓް ވަންދެން މަޑުގިނީގައި ކައްކާށެވެ. ފިހެވިއްޖެތޯ ޔަގީންކޮށްލާށެވެ. 

އެއަށްފަހު ފިނިވަންދެން ބެހެއްޓުމަށްފަހު 2 ގަޑިއިރު އައިސް އަލަމާރީގައި ބަހައްޓާށެވެ. މިގޮތަށް ތައްޔާރުކޮށްލުމުން ވަރަށް މީރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —