Advertisement
header ad
XeeTimesXeeTimes
ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ތަކުރާރު ކުރާނަމަ  ދިފާއީ ނިޒާމު ބަލިކަށިވެދާނެ ކަމުގެ އިންޒާރު ސިއްޙަތު

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ތަކުރާރު ކުރާނަމަ ދިފާއީ ނިޒާމު ބަލިކަށިވެދާނެ ކަމުގެ އިންޒާރު

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ތަކުރާރު ކުރާނަމަ ދިފާއީ ނިޒާމު ބަލިކަށިވެދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެޑިސިން އެޖެންސީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެޖެންސީގެ ބަޔޮލޮޖިކަލް ހެލްތް ތްރެޓްސް އެންޑް ވެކްސިން ސްޓްރެޓެޖީސްގެ ވެރިޔާ 'މާކޯ ކަވަލޭރީ' ވިދާޅުވީ ބޫސްޓަރ ޑޯޒް ރިޕީޓް ކުރުމަށް ވިސްނައިގެން ނުވާނެ ކަމަށާއި ވިސްނަންވީ ޕެންޑަމިކްގެ މިހާރު މިއޮތް ހާލަތު ބަދަލުކުރެވޭނެ ގޮތްތަކާއި މެދުގައި ކަމަށެވެ. އީޔޫއިން މިހެން ބުނެފައިވަނީ ބައެއް ގައުމުތަކުން ބޫސްޓަރގެ ދެވަނަ ޑޯޒް ދޭން ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވަނިކޮށެވެ.

"އީޔޫއިން ބުނީ ކޮންމެ ހަތަރު ހަފްތާއަކުން ބޫސްޓަރޑޯޒް ރިޕީޓް ކުރާނަމަ ދިފާއީ ނިޒާމް ބަލިކަށިކޮށްލާނެ ކަމަށާއި އެއީ ދެކޮޅު ޖެހޭ ކަމަކަށްވެސް ނުވާނެ ކަމަށް ޔޫރަޕިއަން މެޑިސިން އެޖެންސީން ބުނެފައިވާ ކަމަށް. އޭގެ ބަދަލުގައި ބޫސްޓަރ ޑޯޒް ރިޕީޓް ކުރާ މުއްދަތު އިތުރު ކުރަން ގައުމުތަކުން އެބަޖެހޭ"

މިހާރު ހަލުވި ކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެމުން އަންނާތީ އެވޭރިއަންޓުން ރައްކާތެރިވުމަށް ބޫސްޓަރޑޯޒްގެ ދެވަނަ ޝޮޓް ދިނުމަށް ބައެއް ގައުމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިމަހުގެ ކުރީކޮޅު އިސްރާއީލުން ވަނީ ބޫސްޓަރގެ ދެވަނަ ޑޯޒް ނުވަތަ ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް އެގައުމުގެ 60 އަހަރުން މަތީގެ މީހުންނަށް ދޭން ފަށާފައެވެ.
އިނގިރޭސިވިލާތުން ބުނެފައިވަނީ ބޫސްޓަރ ޑޯޒް އެއްފަހަރު ޖެހުމުން އެކަށީގެންވާ މިންވަރުގެ ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި މިވަގުތަށް ބޫސްޓަރގެ ދެވަނަ ޑޯޒެއް ބޭނުން ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި މިކަން އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ.

Article - in content
Advertisement


އީޔޫއިން ބުނީ އޮމިކްރޯންއާއި ދެކޮޅަށް މިހާރު ހުރި ބޭސްތައް ކަމުގައިވާ ޕެކްސްލޮވިޑް އަދި ރެމްޑެސިވިރް މަސައްކަތް ކުރާ މިންވަރު މެއިންޓެއިން ކުރެވެމުން ދާކަމަށެވެ. އަދި ވަކި ވަކި ވޭރިއަންޓްތަކަށް ޓާގެޓްކޮށްގެން އެންމެ އަވަހަށްވެސް ވެކްސިނެއް އުފެއްދޭނީ މިއަހަރުގެ އެޕްރީލްގައި ކަމަށެވެ. ވަކި ވަކި ވޭރިއަންޓް ތަކަށް ޚާއްސަ ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެކްސިން އުފައްދާ ފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އީޔޫއިން ބުނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —
COVID-19 Booster Shot thakuraaru kuraanama dhifaaee nizaam balikashi vedhaane kamuge inzaaru! · XeeTimes